Roadha Mihaaru
ހާމިދުގެ ދިފާއީ ހެކިންނަށް އަޒީމާ އާއި އެންޑްރޫގެ ނަން ހުށަހަޅައިފި

ހާމިދުގެ ދިފާއީ ހެކިންނަށް ގަވަރުނަރު އަޒީމާ އާއި ސީއީއޯ އެންޑްރޫ ހުށަހަޅައިފި

25 މެއި 2016

ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް، ދިފާއީ ހެކިންގެ ގޮތުގައި އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އެންޑްރޫ ހިލީގެ ނަން ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް، ދިފާއީ ހެކިންގެ ގޮތުގައި އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އެންޑްރޫ ހިލީގެ ނަން ކޯޓަށް ހުށަހަޅައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރަށެއް ދޫކުރުމުން، ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ހާމިދުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް ދައުވާ ކުރެ އެވެ.

ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަޒީމާ އާއި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހިލީގެ އިތުުރުން އިތުރު އަށް މީހެއްގެ ނަން ވެސް ހާމިދު ވަނީ ހުށަހަޅައިފަ އެވެ. ދައުވާ ލިބޭ އަދީބުގެ ފަރާތުން އޭނާގެ ކޮއްކޮގެ ނަމާއި އިތުރު ލިޔުންތަކެއް ހުށަހަޅާފައިވާއިރު ޒިޔަތުގެ ފަރާތުން ހުށަހެޅީ އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓެވެ.

ދައުވާ ލިބޭ ކުރީގެ ނައިބު ރައީސް އަދީބު މިއަދުގެ ޝަރީއަތަށް ވަޑައިގަންނަވަނީ: އެތައް ދައުވާއެއް ވަނީ އުފުލާފައި --މިހާރު ފޮޓޯ/ނިޝާން އަލީ

ދައުވާ ލިބޭ ކުރީގެ ނައިބު ރައީސް އަދީބު މިއަދުގެ ޝަރީއަތަށް ވަޑައިގަންނަވަނީ: އެތައް ދައުވާއެއް ވަނީ އުފުލާފައި --މިހާރު ފޮޓޯ/ނިޝާން އަލީ

އެ ތިން މީހުންނާ ދެކޮޅަށް ނުވަ ހެއްކަކާއި ބޭންކް ސްޓޭޓްމަންޓްތަކެއް ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ.

ދެ ފަރާތުން ވެސް ހެކި ހުށަހަޅައި ނިމުމުން، އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ފުރަތަމަ ވިދާޅުވީ ހެކިބަސް ނެގުމަށް އަންނަ ހޮނިހިރު ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް ދިފާއީ ވަކީލުން އެކަމާ ދެކޮޅު ހަދަން ފެށުމުން ގާޒީ ވަނީ އެ ދުވަހު އަޑުއެހުމެއް ނުބާއްވާ ގޮތަށް ނިންމަަވައިފަ އެވެ.

އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން، އެ ކުންފުނި މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ އަށް ވަނީ ޚިޔާނާތްތެރިވެފަ އެވެ. އޭގެ ގިނަ މައްސަލަތަކެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮޮނުވާފައި ވިޔަސް މިހާތަނަށް ދައުވާކޮށްފައިވަނީ އެންމެ ދެ މައްސަލައެއްގަ އެވެ.

އެ މައްސަލައިގެ އިތުރުން ގަވާއިދާ ޚިިލާފަށް މާލެ އަތޮޅު ފަޅެއް ބަޔަކަށް ދޫކުރި ކަމަށް ބުނެ އާއި އެ ފަޅު ދޫކުރުމުން ލިބުނު އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބާއި ޒިޔަތުގެ މައްޗަށް އިތުރު ދައުވާއެއް ކުރެއެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.

މީގެ އިތުރުން ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވާލި މައްސަލާގައި ވެސް އަދީބުގެ މައްޗަށް އިތުރު ދައުވާތަކެެއް ކުރެއެވެ.