23 ޖޫން 2017
ސީރިޔާގެ ބައެއް ސަރަހައްދުތަކަށް ވެރިވެގަނެގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ރަޝިޔާގެ މަނަވަރުތަކުން މިސައިލްގެ ހަމަލާތަކެއް މިއަދު ދީފި އެވެ.
ސީރިޔާގެ ބައެއް ސަރަހައްދުތަކަށް ވެރިވެގަނެގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ރަޝިޔާގެ މަނަވަރުތަކުން މިސައިލްގެ ހަމަލާތަކެއް މިއަދު ދީފި އެވެ.
ބައިނަލްއަގުވާމީ މީޑިއާތައް ބުނާ ގޮތުގައި ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންނަށް ހަމަލާ ދިނީ މެޑްޓެރޭނިއަން ކަނޑުގައި އޮތް ދެ މަނަވަރަކާއި ސަބްމެރިންއަކުންނެވެ. ރަޝިޔާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މި އުޅަނދުތަކުން ކްރޫޒް މިސައިލްގެ ހަ މިސައިލް އައިއެސްގެ މަގާމުތަކަށް ފޮނުވައިލި އެވެ. އަދި އެ ހުރިހާ މިސައިލެއް ވެސް ކާމިޔާބުކަމާ އެކު އޭގެ އަމާޒަށް ވާސިލުވި ކަމަށް ބުނެ އެވެ.
މި ހަމަލާތައް އަމާޒު ކުރީ ސީރިޔާގެ ހަމާ ޕްރޮވިންސްގައި އައިއެސްގެ ހަނގުރާމަވެރިން ގާއިމުވެ ތިބި ތަންތަނަށެވެ. އަދި މި ހަމަލާގައި ހަމާގައި އައިއެސްގެ ކޮމާންޑް ސެންޓަރުގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތް ހަލާކު ކޮށްލައި ހަތިޔާރު ރައްކާކުރާ ގުދަން ވެސް ހަލާކު ކޮށްލެވުނު ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ.
ރަޝިޔާ އިން ބުނި ގޮތުގައި މެޑްޓެރޭނިއަން ކަނޑުގައި އޮތް މަނަވަރުތަކުން ސީރިޔާ އަށް މިސައިލްތަކެއް ފޮނުވައިލާ ކަން އިޒްރޭލަށާއި ތުރުކީ ވިލާތަށް ދުރާލައި ވަނީ އަންގައިފަ އެވެ. އެއީ އެ މިސައިލްތައް ދަތުރު ކުރަނީ އެ ދެ ގައުމުގެ ވައިގެ ސަރަހައްދުގެ ތެރެއިން ކަމަށް ވާތީ އެވެ.
ރަޝިޔާ އިން ކްރޫޒް މިސައިލްގެ ހަމަލާތަކެއް މި ދިނީ، ސީރިޔާ ސަރުކާރުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަކާއި އެމެރިކާގެ ހަނގުރާމަތީ ބޯޓުތަކަކާ ދެމެދު، މިދިޔަ އާދީއްތަ ދުވަހު ވައިގެ ތެރޭގައި ކުރިމަތިލުންތަކެއް ހިނގާފައި ވަނިކޮށެވެ. މި ހާދިސާގައި އެމެރިކާގެ ބޯޓުތަކުން ހަމަލާދީ ސީރިޔާގެ، މަތިންދާބޯޓެއް ވައްޓައިލި އެވެ.
ރަޝިޔާގެ މަނަވަރަކުން މިސައިލެއް ފޮނުވާލަނީ.
މި ހާދިސާ ހިނގީ އެމެރިކާ އިން މަދަދު ދޭ، ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ސީރިޔާ ސަރުކާރަށް ވަފާތެރި ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނާ ގޮތުގައި ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ މަގާމުތަކާ ދިމާލަށް ކުރިއަރަމުން އަންނަ ސަރުކާރު ސިފައިން މައިތިރި ކުރުމަށް ފިޔަވަޅުތައް އަޅާނެ އެވެ.
އެމެރިކާ އިން ބުނާ ގޮތުގައި ސީރިޔާގެ މަތިންދާބޯޓެއް ވައްޓައިލުމުން ވެސް، އިދިކޮޅު ހަނގުރާމަވެރިންގެ އަމާޒުތަކަށް ބޮން އެޅުން، ސީރިޔާ ސަރުކާރުން ހުއްޓައެއް ނުލަ އެވެ. އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު ވެސް، އިދިކޮޅު ހަނގުރާމަވެރިން ތިބި ސަރަހައްދުތަކުގެ މަތިން، ސީރިޔާ ސަރުކާރުގެ މަތިންދާބޯޓުތައް އުދުހޭ މަންޒަރު ފެނިފައިވެ އެވެ.
ރަޝިޔާ އިން ބުނި ގޮތުގައި އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުން ހަމަލާދީ ސީރިޔާގެ އަސްކަރީ ބޯޓެއް ވައްޓައިލުމަކީ ސީރިޔާގެ މިނިވަންކަމަށް އެމެރިކާ އިން އަރައިގަތުމެވެ. އަދި އެއީ ސީރިޔާއާ ދެކޮޅަށް އެމެރިކާ އިން ހިންގި އަސްކަރީ އުދުވާނެއް ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.
ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް
ސީރިޔާގައި ހަނގުރާމަވެރިންގެ ބާރު ވަނީ ގަދަ
އެމެރިކާގެ ނިއުކްލިއާ މައުލޫމާތު ރަޝިޔާއަށް ނުދޭނެ
އެމެރިކާ އިން ޔޫކްރޭންގެ ސިފައިން ތަމްރީންކުރަނީ
އެމެރިކާގެ މިސައިލް ނިޒާމުތަކަށް ހަމަލާ ދޭނަން: ރަޝިޔާ
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
އަޑަށްވުރެ ބާރު މިސައިލެއް އެމެރިކާ އަޖުމަބަލައިފި