ފ. ނިލަންދޫ ގޭގޭގެ މިދިޔަ ރޯދަމަހުގެ ކަރަންޓު ބިލުން 75 ޕަސެންޓް ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ފ. ނިލަންދޫ ގޭގޭގެ މިދިޔަ ރޯދަމަހުގެ ކަރަންޓު ބިލުން 75 ޕަސެންޓް ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަމަހު ވެސް ނިލަންދޫގެ ގޭގޭގެ ކަރަންޓު ބިލުން ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ. އަދި މި ފަހަރު ކުރިއަށް ވުރެ ބޮޑު ޑިސްކައުންޓެއް ދޭން ނިންމީ ދާދި ފަހުން ކުރި ވިއްސާރާގައި ނަގޫ ރޯޅިއެއް އަރައި ރަށުގެ ބައެއް ގޭގެ އަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދާދިފަހުން ނިލަންދޫއަށް ކުރި ވިއްސާރާގައި އެ ރަށުގެ ގެއަކަށް ގެއްލުން ލިބިފައި.
"ދާދިފަހުން ކުރި ވިއްސާރާގައި ވަރަށް ގިނަ ގޭގޭގެ އިލެކްޓްރޯނިކް ސާމާނު ހަލާކުވެފައިވޭ. އެހެންވީމަ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ކައުންސިލުން ނިންމީ ރޯދަމަހުގެ ބިލުން ޑިސްކައުންޓެއް ދޭން،" އަލީ ވިދާޅުވި އެވެ.
އާބާދީގައި 2،300 މީހުން ހިމެނޭ ނިލަންދޫގައި ހުންނަ 215 ގޭގެ ކަރަންޓު ބިލަށް މަހަކު 300،000 އެއްހާ ރުފިޔާ ދައްކަ އެވެ.
ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި އެހެން ބައެއް ރަށްރަށުގެ ކަރަންޓު ބިލް ވެސް އެ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ދައްކައިދީފައިވެ އެވެ.
މެމްބަރު ހަލީލުގެ ފައުންޑޭޝަނަށް ކުވޭތުން އެހީ ދީފި
ފެނަކަ އިން ފިއުލް ސާޗާޖު އުނިކޮށްފި
ހަތަރު ދުވަހަށް ފަހު އަލިފުއްޓަށް ކަރަންޓު ދީފި
18 ގަޑިއިރު ފަހުން އަލިފުއްޓަށް ކަރަންޓު ދީފި
ބޮޑު ކަރަންޓު ބިލެއް ތައްޔާރުކުރި މުވައްޒަފު ވަކިކޮށްފި
ނިލަންދޫގެ ދެގެއަކަށް އަދިވެސް މީހުން ބަދަލެއް ނުކުރެވޭ
24 ގަޑިއިރު ފަހުން ތިމަރަފުއްޓަށް ކަރަންޓު ދީފި
ތިމަރަފުށީ މީހުން ކަނު އަނދިރީގައި 24 ގަޑިއިރު!
ނިލަންދޫ މީހުން އިސްލާމް ވާން ދެކޮޅު ހެދީ ކީއްވެ؟
ސްވައިން ފްލޫ ޖެހިގެން އަންހެނަކު މަރުވެއްޖެ