02 ޖުލައި 2017
ރޯމް (ޖުލައި 2) - ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ކުރި 13 ޑިމާންޑުގެ ތެރޭން އެއްވެސް ޝަރުތެއް ގަބޫލް ކުރެވެން ނޯންނާނެ ކަމަށް ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ ވިދާޅުވެއްޖެ އެވެ.
ރޯމް (ޖުލައި 2) - ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ކުރި 13 ޑިމާންޑުގެ ތެރޭން އެއްވެސް ޝަރުތެއް ގަބޫލް ކުރެވެން ނޯންނާނެ ކަމަށް ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ ވިދާޅުވެއްޖެ އެވެ.
އިޓަލީގެ ރޯމުގައި ވާހަކަ ދައްކަވަމުން ޝެއިޚް މުހައްމަދު ވިދާޅުވީ ގަތަރަށް ކުރި ޑިމާންޑްތަކަކީ ގައުމެއްގެ އިސްތިގްލާލަށް އަރައިގަތުން ކަމަށް އެންމެންނަށް ވެސް އެނގޭ ކަމަށާއި އެހެންވެ އެ ހުރިހާ ޝަރުތަކާ ވެސް ދެކޮޅު ހަދާނެ ކަމަށެވެ.
"އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ދުނިޔެ ހިނގަނީ ވަކި ބަޔަކު ކުރާ ޑިމާންޑްތަކެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށް. ދުނިޔެ ހިންގަން ޖެހޭނީ ބައިނަލްއަގުވާމީ ގާނޫނުގެ މަތިން. އެއީ ބޮޑެތި ގައުމުތަކުން ކުޑަ ގައުމުތަކުގެ މައްޗަށް ބުލީ ނުކުރާ ސިޔާސަތު،" ޝެއިޚް މުހައްމަދު ވިދާޅުވި އެވެ.
ގަތަރުގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަ ދެއްކެވި އިރު ވަނީ ޑިމާންޑްތައް ފުރިހަމަ ކުރަން ގަތަރަށް ދިން 10 ދުވަހުގެ މުހުލަތު ހަމަވާން 24 ގަޑިއިރަށް ވުރެ ވަގުތު ކުޑަތަންވެފަ އެވެ.
ޝެއިޚް މުހައްމަދު ވިދާޅުވީ ގަތަރަށް ކުރިމަތިކުރި ޝަރުތުތައް ގަބޫލްނުކޮށްގެން އަސްކަރީ ފިޔަވަޅު އެޅި ނަމަވެސް ބިރު ނުގަންނާނެ ކަމަށެވެ.
ގަތަރަށް ކުރި 13 ޑިމާންޑުގެ ތެރޭގައި އަލް ޖަޒީރާ ނެޓްވޯކް ބަންދު ކުރުމާއި ތުރުކީގެ އަސްކަރީ މަރުކަޒު ބަންދު ކުރުމާ އަދި އީރާނާ ގުޅުން ބަދަހި ނުކުރުން ހިމެނެ އެވެ.
ސައުދީ އަރަބިއާ އިސްވެ ޔޫއޭއީ އާއި ބަހުރޭން އަދި މިސްރުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ޝެއިޚް މުހައްމަދު ވިދާޅުވީ އެ ގައުމުތަކުން ބުނާހާ ގޮތަކަށް ތަބާ ނުވާ ގައުމެއްވެއްޖެ ނަމަ ސިފަ ކުރަނީ ޓެރަރިސްޓް ގައުމެއްގެ ގޮތުގައި ކަމަށެވެ.
"ގަތަރު އެކަހެރި ކުރުމަކީ ޓެރަރިޒަމަށް ނިމުން އައުން"
ސައޫދީ ވަލީ އަހުދު ގަތަރަށް ވަޑައިގެންފި
ރާއްޖެ- ގަތަރުން އަލުން ގުޅުން ގާއިމުކުރަން ނިންމައިފި
ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތައް ދަނީ ފެއިލްވަމުން: އަމީރު
"ގުޅުން ކަނޑާލުން ގާނޫނާ ޚިލާފުކަން އދ.ގެ ރިޕޯޓުން އެނގޭ"
ގަތަރު މައްސަލަ ހައްލުކުރަން ސައުދީން ނޫޅޭ: ޓިލަސަން
ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟
ގަތަރަށް ކުރިމަތިކުރި ޝަރުތުތައް ދޫކޮށްލައިފި
ގަތަރު މައްސަލަ އުފެއްދީ އެ ގައުމުން އަމިއްލަ އަށް:ސައުދީ
ދަތިކުރުމުގެ ފިޔަވަޅު އެޅިނަމަވެސް ގަތަރު މާ މުއްސަނދި