Roadha Mihaaru
ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތައް ދަނީ ފެއިލްވަމުން: އަމީރު

ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތައް ދަނީ ފެއިލްވަމުން: އަމީރު

17 ފެބުރުއަރީ 2018

ދޯހާ (ފެބްރުއަރީ 17) - ސައުދީ އަރަބިއާ އިސްވެ ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތައް ވަނީ ނާކާމިޔާބުވެފައި ކަމަށް އެ ގައުމުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދޯހާ (ފެބްރުއަރީ 17) - ސައުދީ އަރަބިއާ އިސްވެ ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތައް ވަނީ ނާކާމިޔާބުވެފައި ކަމަށް އެ ގައުމުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއާގެ އިތުރުން ޔޫއޭއީ، މިސްރު އަދި ބަހުރޭނުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލީ މިދިޔަ އަހަރުގެ ޖޫން 5 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ގައުމުތަކުން ވަނީ ގަތަރާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

ޖަރުމަނުގައި ބޭއްވި ސެކިއުރިޓީ ބައްދަލުވުމެއްގައި ޝެއިޚް ތަމީމް ވިދާޅުވީ ގަތަރުގެ އަވަށްޓެރިން ކުރަން އުޅުނު ކަންތައް ނާކާމިޔާބުވެ އަދި އެކަމުގެ ސަބަބުން ނުރައްކާވަމުން ދަނީ ސަރަހައްދުގެ ސަލާމަތަށް ކަމަށެވެ.

"ގަތަރުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ގާނޫނާ ޚިލާފު އުދުވާން ނާކާމިޔާބުކޮށްލާ ގަތަރުން ވަނީ އެ ގައުމުގެ މިނިވަންކަން ރައްކާތެރިކޮށްފައި،" ޝެއިޚް ތަމީމް ވިދާޅުވި އެވެ.

ގަތަރުގެ އަމީރު ވިދާޅުވީ އޭނާގެ ގައުމާ ދެކޮޅަށް ސައުދީ އަރަބިއާ އިސްވެ އެޅި ފިޔަވަޅުތަކަށް ފަހު ދޯހާ އިން މިހާރު ވަނީ ވިޔަފާރީގެ އާ ބައިނަލްއަގުވާމީ މަގުތައް ހޯދައިފައި ކަމަށެވެ.

ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ލުއި ދިނުމަށް ހަތަރު ގައުމުން މިދިޔަ އަހަރުގެ ޖޫން 22 ގައި ވަނީ 13 ޝަރުތެއް ކުރިމަތިކޮށްފަ އެވެ. އޭގެ ތެރޭގައި އަލް ޖަޒީރާ ނެޓްވޯކް ބަންދު ކުރުން ވެސް ހިމެނެ އެވެ. އެކަމަކު ގަތަރު ވަނީ އެ ހުރިހާ ކަމަކަށް ދެކޮޅު ހަދައިފަ އެވެ.