Roadha Mihaaru
ހިންމަފުށީގަ ކާނާވިހަވެގެން ފަރުވާ ދިންމީހަކު މަރުވެއްޖެ

ހިންމަފުށީގައި ކާނާ ވިހަވެގެން ފަރުވާ ދިން މީހަކު މަރުވެއްޖެ

02 ޖުލައި 2017

ކ. ހިންމަފުށީގައި ކާނާ ވިހަވެގެން މިއަދު ހެނދުނު ފަރުވާ ދިން ބަނގްލަދޭޝް މީހަކު، ފިޓު ޖެހިގެން މިރޭ މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކ. ހިންމަފުށީގައި ކާނާ ވިހަވެގެން މިއަދު ހެނދުނު ފަރުވާ ދިން ބަނގްލަދޭޝް މީހަކު، ފިޓު ޖެހިގެން މިރޭ މަރުވެއްޖެ އެވެ.

އެ ރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ހިންމަފުށީގައި ހުންނަ މަސް ފެކްޓަރީއެއްގައި މަސައްކަތް ކުރާ 10 ވަރަކަށް ބިދޭސީން ކާނާ ވިހަވެގެން މިއަދު ހެނދުނު އެ ތަނަށް ގެންދިޔަ ކަމަށެވެ. އަދި މިއަދު މެންދުރު ފަހު އެ މީހުން ދޫކޮށްލި ނަމަވެސް އޭގެ ތެރެއިން އެކަކު، މާ ބޮޑަށް މޭގައި ރިއްސައި ފިޓް ޖެހޭތީ މިރޭ އަލުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭނާ އަކީ ހިތުގެ ބަލީގެ މީހެއް. އެކަމަށް ބޭސް ކުރާ މީހަކު ފުޑްޕޮއިޒަން ވުމުން މި ފަދަ ކަމެއްވުން އެކަށީގެންވޭ. އެކަމަކު އަޅުގަނޑުމެންނަކަށް ބުނާކަށް ނުކެރޭނެ އޭނާ މަރުވީ ފުޑްޕޮއިޒަން ވުމުންނޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިދޭސީންތައް ކާނާ ވިހަވީ، ގިނަ ދުވަސްވެފައިވާ ފަރުމަސްތަކެއް ކެއުމުންނެވެ. އަދި އެ މީހުން ހޮސްޕިޓަލުން ދޫކޮށްލި އިރު ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

ހިންމަފުށީ ކައުންސިލުން ބުނީ ކާނާ ވިހަވެގެން ބިދޭސީންތަކެއް ހޮސްޕިޓަލަށް ގެންދިޔަކަން އެނގިފައި ނުވާ ކަމަށެވެ.