Roadha Mihaaru
"އިސްލާހުކުރެވޭނީ ޕީޕީއެމް ތެރެއިން ބަޔަކު ނުކުމެގެން"

މަޖިލިސް އިސްލާހުކުރެވޭނީ ޕީޕީއެމް ތެރެއިން ބަޔަކު ނުކުމެގެން: އިލްހާމް

13 ޖުލައި 2017

ރައްޔިތުންގެ މަޖިލިސް އިސްލާހުކުރެވޭނީ ޕީޕީއެމް ތެރެއިން ބަޔަކު ނުކުމެގެން ކަމަށާއި އަބްދުﷲ މަސީހުގެ މައްސަލާގައި ސޮއިކުރެއްވީ އެހެންވެގެން ކަމަށް، ދަނގަތީ ދާއިރާގެ އިލްހާމް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިސް އިސްލާހުކުރެވޭނީ ޕީޕީއެމް ތެރެއިން ބަޔަކު ނުކުމެގެން ކަމަށާއި އަބްދުﷲ މަސީހުގެ މައްސަލާގައި ސޮއިކުރެއްވީ އެހެންވެގެން ކަމަށް، ދަނގަތީ ދާއިރާގެ އިލްހާމް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިިކޮޅު ޕާޓީތަކުގެ މެމްބަރުން ގުޅިގެން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖެއިން ބޭރުގައި ހުންނަވާ ފޯނުން ވާހަކަ ދައްކަވަމުން، އިލްހާމް ވިދާޅުވީ މަޖިލީހުގައި ކަންކަން ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު މީގައި ސޮއިކުރީ [މަސީހް ވަކިކުރަން] ހިތާއި ހަށިގަނޑު، ފުރާނަ އިން ގަބޫލުކުރެވިގެން. އެކަން ކުރަން އަޅުގަނޑުގެ މައްޗަށް ލާޒިމްވީމަ އެކަން ކުރީ،" އިލްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތައް ފާސްކުރަނީ އެންމެ ރަނގަޅަށް ނޫނެވެ. އެހެންކަމުން ޕީޕީއެމްގެ ތެރެއިން ބަޔަކު ނުކުމެގެން ނޫނީ އެކަން ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމް ތެރެއިން ތެރެއިން ބަޔަކު ނިކުމެގެން ނޫނީ އިސްލާހީ މަސައްކަތް އެހީތެރިވެވޭނެ އެއްވެސް ގޮތެއް ނެތް. އެހެންވެ، އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކަށް ވިސްނުނީ،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ޕީޕީއެމަށް ސޮއިކުރެއްވުމަަށް ފަހު، ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނަށް ފޯމް ހަވާލު ކުރައްވަނީ. --ފޮޓޯ: މިހާރު

އިލްހާމް ޕީޕީއެމަށް ސޮއިކުރެއްވުމަަށް ފަހު، ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނަށް ފޯމް ހަވާލު ކުރައްވަނީ. --ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހު ޕީޕީއެމްއާ ގުޅިވަޑައިގަތީ ސަރުކާރާއި އެ ޕާޓީއާ ގުޅިގެން އިސްލާހީ މަސައްކަތްތަކެއް ކުރުމުގެ މަގްސަދުގަ އެވެ. އަދި ސަރުކާރުގައި ހިނގާ ކަންތައްތައް ފެނިވަޑައިގެންފައި "ހިތަށް ކެތްނުކުރެވިގެން" ފެޔަށް ޖެހިވަޑައިގަތީ ކަމަށް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ގާނޫނުއަސާސީއާ ފުށުއަރާ އެތައް ކަމެއް މަޖިލީހުން ފާސްކޮށްފައިވާއިރު، ރިޔާސަތުން މަސީހު ވަކިކޮށްގެން ނޫނީ އެއްވެސް ކަމެއް ބަދަލުނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިވެވަޑައިގެންނެވިކަން އަންގައި، އޭނާ ވަނީ ޕާޓީއަށް ސިޓީ ވެސް ފޮނުއްވައިފަ އެވެ. އެކަމަކު އޭނާ އާއި މަސީހުގެ މައްސަލާގައި ސޮއިކުރެއްވި އެހެން މެމްބަރުން ޕީޕީއެމުން ވަކިކޮށެއް ނުދެ އެވެ. އެކަމާ އިލްހާމް ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އިލްހާމް ވިދާޅުވީ އޭނާ އަށް ލިބޭ ހައްގެއް އެއްވެސް މީހަކަށް ނުހިފެހެއްޓޭނެ ކަމަށާއި ޚަލީލާ ދެކޮޅަށް ދައުވާ ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށެވެ.

"ކިހިނެއްތޯ ގަދަކަމުން ހިފެހެއްޓޭނީ؟ ނޯ، ނޯ، ނުހިފެހެއްޓޭނެ. އަޅުގަނޑުމެން މިތިބީ ސާބިތުކަމާ އެކު އިދިކޮޅު ފަރާތްތަކުން ކުރާ އިސްލާހީ މަސައްކަތުގައި. ދިވެހި ސަރުކާރު ވައްޓާލާކަށް ނޫޅޭ،" އޭނާ ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރަކު އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ ޕާޓީން ކެނޑުމުން ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން "މިސްޓޭކެއް" ނުހަދާނެ އެވެ. އަދި ވަކި ބޭފުޅަކަށްޓަކައި ގާނޫނުއަސާސީ މުގުރާލާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މެމްބަރު ޝަހުދީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

މެމްބަރު ޝަހުދީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

ރާއްޖޭން ބޭރުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވީ އެއްވެސް ބޭފުޅެއްގެ ނުފޫޒެއް ނެތި ކަމަށެވެ. އަދި މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވީ ބޭސްފަރުވާއަކަށް ކަމަށާއި މަސީހް ވަކިކުރަން ވޯޓު ނަގާ ދުވަހު ޖަލްސާއަށް ހާޒިރުވެ، މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ޝަހުދީ ވިދާޅުވި އެވެ.