Roadha Mihaaru

ލައްކައެއްހާ ޑޮލަރު ބޭރުކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ލައްކައެއްހާ ޑޮލަރު ވަގަށް ބޭރުކުރަން އުޅުނު ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅެނިކޮށް ހުކުރު ދުވަހު ހައްޔަރުކޮށްފި އެވެ.

ޑޮލަރުތަކެއް ބޭރުކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި
ޚަދީޖާ ހާޒިމާ
ޚަދީޖާ ހާޒިމާ

16 ޖުލައި 2017

ލައްކައެއްހާ ޑޮލަރު ވަގަށް ބޭރުކުރަން އުޅުނު ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅެނިކޮށް ހުކުރު ދުވަހު ހައްޔަރުކޮށްފި އެވެ.

"މިހާރު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ހައްޔަރުކުރި އިރު އޭނާގެ އަތުގައި 90،000 އެއްހާ ޑޮލަރު ހުއްޓެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އަދި އެ މީހާ ހައްޔަރުކޮށްފައިވަނީ ގަވައިދާ ހިލާފަށް ޑޮލަރުތަކެއް ބޭރުކުރަން އުޅުނު މައްސަލައިގަ އެވެ.

މިމީހާގެ ބަންދަށް މިހާރު ވަނީ ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފަ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން އެ މީހުން ރާއްޖޭގައި ވަޒީފާ އަދާކުރާ މުސާރައިން ރެމިޓެންސް ފީ ދައްކަން ގާނޫނަކުން ލާޒިމް ކުރި ފަހުން މިކަހަލަ މައްސަލަތައް ދޭތެރެ ދޭތެރެއިން ކުރިމަތިވެ އެވެ. މި ގޮތަށް ގިނަ އަދަދެއްގެ ޑޮލަރާ އެކު މީގެ ކުރިން ވެސް ބައެއް މީހުން، ފުރަން އުޅެނިކޮށް ހައްޔަރުކޮށްފައި ވެ އެވެ.