Roadha Mihaaru

ހައުސިންގެ ސްޓޭޓް މިނިސްޓަރު ހަބީބް މަގާމުން ވަކިކޮށްފި

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ހަބީބު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ހައުސިންގެ ސްޓޭޓް މިނިސްޓަރު ހަބީބް މަގާމުން ވަކިކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

19 ޖުލައި 2017

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ހަބީބު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ގދ. ތިނަދޫ، ޝިފާ، ހަބީބު އެ މަގާމުން މިއަދު ވަކި ކުރައްވާފައިވާ ކަމަށެވެ.

ހަބީބަކީ ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އަށް އެ ގޮނޑި ކާމިޔާބު ކޮށްދެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަބުޅޯ ވެސް ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

ހައުސިން މިނިސްޓްރީގައި މިހާރު ތިއްބަވާނީ ތިން ސްޓޭޓް މިނިސްޓަރުންނެވެ.