އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކަޓާފައިވާ ވިކްޓަރީގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓަށް ބަދަލުވެއްޖެ އެވެ.
25 ޖުލައި 2017
އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކަޓާފައިވާ ވިކްޓަރީގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓަށް ބަދަލުވެއްޖެ އެވެ.
ރިލޭ އަކީ މިހާރު ހުޅުވިފައިވާ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ނިއުއާ ގުޅުނު ފަސް ވަނަ ކުޅުންތެރިއާ އެވެ. އަނެއް ހަތަރު ކުޅުންތެރިންނަކީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އަދި ލުބްނާން ޑިފެންޑަރު ހުސެއިން އެލް ޑޯ އެވެ. މީގެ ތެރެއިން އޮއްޕޮ އާއި ކަންޑޭލާ ވަނީ މާލޭ ލީގުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ.
އެނގިފައިވާ ގޮތުގައި އިތުރު ކުޅުންތެރިއަކު ނިއުއާ އަދި ގުޅޭނެ އެވެ.
މާލޭ ލީގު ކޮލިފިކޭޝަން ކެންސަލްވެފައިވާތީ އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ވިކްޓަރީ އަށް ވަނީ ޖާގަ ކަށަވަރުވެފަ އެވެ. އެއާ އެކު އެ ޓީމުގެ ކެޕްޓަން އިސްމާއިލް އީސާ އާއި ކްރޮއޭޝިއާ ފޯވާޑް ކެރިޗް އަންދްރޭ އަދި ސީރިއާ ގޯލްކީޕަރު މަހްމޫދު އަލް ޔޫސުފް ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.
ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި ރިލޭ ވަނީ ނިއު އާއި ވިކްޓަރީގެ އިތުރުން މާޒިޔާ އަށް ވެސް ކުޅެފަ އެވެ. އޭނާ މިދިޔަ އަހަރުގެ ޖުލައި މަހު ވިކްޓަރީ އަށް ބަދަލުވީ ވެސް ނިއު އިންނެވެ.
ފަޅިން ޑިފެންސަށް ކުޅެން ރާއްޖޭގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިއާ އަކީ 2012 ވަނަ އަހަރުގެ މަހިންދަ ރާޖަޕަކްސްތަ މުބާރާތް ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ނެގިއިރު ކެޕްޓަނެވެ. ސީނިއާ ގައުމީ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ނަމަވެސް ފަހަކަށް އައިސް ގައުމީ ޓީމުން ޖާގަ ނުލިބޭ ސަބަބެއް ވަނީ ނޭގުމެއްގެ ތެރޭގަ އެވެ.
މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ އާއި ގްރީންސްޓްރީޓްސް އާއި ނިއު އަދި ޓީސީ ސްޕޯޓްސް ކްލަބުން މި ވަގުތު އަންނަނީ ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވަމުންނެވެ.
މި ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތެއް ނެތް؟!
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ނިއު މާޔޫސްކޮށްލުމަށް ފަހު ވިކްޓަރީ އެއްވަނަ ޑިވިޝަނަށް
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ނިއު އާއި ވިކްޓަރީ އެކުގައި ޕްރޮމޯޓެއް ނުވާނެ
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި
ކުޅިވަރުގައި ފަޚުރާއި ހިތާމަ އަދި އީދެއްގެ އަހަރެއް
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ކުޑަމޫސަ އާއި ނިއު: ކޯޓުކޭސް އަދި ބަދުނަސީބު އަނިޔާ
ފުޓްބޯޅަ ފޯރި އަލުން ގެނެވޭނެކަން ހާމަވެއްޖެ: ވާސިފް