26 ޖުލައި 2017
ވޮޝިންޓަން (ޖުލައި 26) - އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އިތުރަށް ދެމިހުންނެވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އޭނާ އަކީ އަސަދުގެ ސަޕޯޓަރެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ޖުލައި 26) - އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އިތުރަށް ދެމިހުންނެވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އޭނާ އަކީ އަސަދުގެ ސަޕޯޓަރެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ލުބުނާނުގެ ބޮޑު ވަޒީރު ސާދު ހަރީރީއާ އެކު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސީރިއާގެ އިތުރުން އިންސާނިއްޔަތަށް ވެސް އަސަދުގެ ފަރާތުން ލިބިފައި ވަނީ ބިރުވެރި ކަންތައްތަކެއް ކަމަށެވެ. އަދި ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ސީރިއާއާ ދެކޮޅަށް ފިޔަވަޅު އެޅި ނަމަ ރަޝިޔާ ނުވަތަ އީރާނުގެ ދައުރެއް ސީރިއާގައި މިއަދު ނޯތީސް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ލުބުނާނުގެ ހިޒްބުﷲ އާއި އީރާނުން ދަނީ ސީރިއާގެ ހާލަތު އިތުރަށް ގޯސް ކުރަމުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
"ހިޒްބުﷲ އަކީ ލުބުނާން ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ނުރައްކަލެއް،" ޓްރަމްޕް ވިދާޅުވި އެވެ. "ހިޒްބުﷲ އިން ދަނީ ހަތިޔާރުގެ ގޮތުން ކުރިއެރުން ހޯދާ އިޒްރޭލަށް ހަނގުރާމައިގެ ބިރު ދައްކަމުން."
ޓްރަމްޕް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އެމަނިކުފާނުގެ ނިންމުން ހާމަކުރައްވާނެ ކަމަށެވެ. އަދި ތަޖުރިބާކާރު އަސްކަރީ މަންދޫބުން އެބަތިއްބެވި ކަމަށާއި އެމީހުންނާ މަޝްވަރާ ކުރުމަށް ފަހު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޝިކާރައަކަށްވި ރެފިއުޖީންނަށް ލުބުނާނުން އެހީތެރިވެދީނީތީ ހަރީރީ އަށް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އަސަދު އަވަހާރަކޮށްލަން އުޅުނު ވާހަކަ ޓްރަމްޕް ދޮގުކޮށްފި
ކެމިކަލް ހަމަލާ އަށް ފަހު ޓްރަމްޕް ބޭނުންވީ އަސަދު އަވަހާރަކޮށްލަން
ޓެރަރިޒަމާ ދެކޮޅަށް ޓްރަމްޕް މަސައްކަތް ކުރައްވާނެ
13 އަހަރަށް ފަހު ބައްޝާރު ސައުދީ އަށް ވަޑައިގެންފި
11 އަހަރަށް ފަހު ސީރިޔާ އަރަބި ލީގަށް
އުރުދުގާނަށް ބައިޑަންގެ ތައުޒިޔާ، ބައްޝާރަށް އަޅާނުލި
އެމިރޭޓްސްގެ ހާރިޖީ ވަޒީރު ބައްޝާރު އަރިހަށް
އަހަރުތަކަށް ފަހު ސީރިޔާ އާއި ސައޫދީ އެއްގަލަކަށް
ސީރިޔާގެ ރިއާސީ އިންތިހާބާ މެދު ސުވާލެއް ނެތް
ތުރުކީން ދަނީ ސީރިއާގެ ބިމުން ވައްކަންކުރަމުން: އަސަދު