28 ޖުލައި 2017
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބް އެމެޒޯންގެ ސީއީއޯ ޖެފް ބޭޒޯ އަށް ލިބިއްޖެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބް އެމެޒޯންގެ ސީއީއޯ ޖެފް ބޭޒޯ އަށް ލިބިއްޖެ އެވެ.
ފޯބްސް ބިލިއަނާސް ލިސްޓުގެ އެއްވަނާގައި 2013 އިން ފެށިގެން އިއްޔެއާ ހަމައަށް އޮތީ މައިކްރޮސޮފްޓުގެ ބާނީ ބިލް ގޭޓްސް އެވެ. އެ ލިސްޓުން ދައްކާގޮތުގައި ގޭޓްސްގެ މިލްކިއްޔާތުގައި ހުރީ 90.1 ބިލިއަން ޑޮލަރެވެ.
ގޭޓްސްއާ ޖެހިގެން އެ ލިސްޓުގެ ދެ ވަނާގައި އުޅުނީ ބޭޒޯ އެވެ. އޭރު ބޭޒޯގެ މިލްކިއްޔާތަކީ 89.3 ބިލިއަން ޑޮލަރެވެ. ނަމަވެސް އިއްޔެ މާކެޓް ހުޅުވުމާ އެކު އެމެޒޯންގެ ހިއްސާގެ އަގު 1.6 ޕަސެންޓް އުފުލި ބޭޒޯގެ މިލްކިއްޔާތަށް 1.5 ބިލިއަން ޑޮލަރު އިތުރުވީ އެވެ. މިހާރު އޭނާގެ މިލްކިއްޔާތުގައި 90.8 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
އެމެޒޯންގެ 17 ޕަސެންޓް ހިއްސާ އޮންނަނީ ބޭޒޯގެ ނަމުގަ އެވެ. އެމެޒޯންގެ އިތުރުން އެހެން ވިޔަފާރިތައް ވެސް ބޭޒޯ އަމިއްލައަށް ހިންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެ ވިޔަފާރިތަކުގެ މައުލޫމާތު އޭނާ ހާމައެއް ނުކުރެ އެވެ.
ބިލިޔަނަރުންގެ ލިސްޓުގެ އެއް ވަނަ އަށް ބޭޒޯ އަރާފައިވާއިރު، އެމެޒޯންގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެދުއިރުމަތީގެ އެންމެ މަޝްހޫރު ވިޔަފާރި ވެބްސައިޓް ސޫކް.ކޮމް ވަނީ 580 މިލިއަން ޑޮލަރަށް ގަނެފަ އެވެ. އަދި ޕްރައިމްޓައިމްގެ ނަމުގައި މުޅިންއާ ވީޑިއޯ ޕްލެޓްފޯމެއް ވެސް އެ ކުންފުނިން ވަރަށް ފަހުން އާންމުކުރި އެވެ. އަދި ފޭސްބުކް މެސެންޖާ އާއި ވަޓްސްއެޕާ ވާދަކުރަން "އެނީޓައިމް"ގެ ނަމުގާ މެސެޖިން އެޕްލިކޭޝަނެއް ވެސް އަންނަނީ ހަދަމުންނެވެ.
ބިލިޔަނަރުންގެ ލިސްޓުގެ އެއް ވަނާގައި ބޭޒޯ އަދި ދެ ވަނާގައި ގޭޓްސް އުޅޭއިރު ތިން ވަނާގައި އުޅެނީ ސްޕޭންގެ ބިލިޔަނަރު އަމާންސިއޯ އޯޓޭގާ އެވެ. އޯޓޭގާ އަކީ މަޝްހޫރު ފެޝަންލައިން ޒާރާގެ ފައުންޑަރެވެ.
ބޮޑު މަހުޖަނުގެ މަގާމުގައި އީލޮންއަށް ތިން ދުވަސް
ބިލް ގޭޓްސް އަށް އިތުރު ވެއްޓުމެއް
ކިމް ކާޑޭޝަން ވެސް ބިލިއަނަރަކަށް
އޮސްޓިން ރަސަލް: އެންމެ ޒުވާން ބިލިއަނަރު
ބިލް ގޭޓްސް އަށް ވުރެ އީލޮން މަސްކް މުއްސަނދި
ތިން ވަނަ އަށް އެންމެ މުއްސަނދީ އީލޮން
ބެޒޯސްގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް
ޓިމް ކުކް ވެސް 100 ބިިލިއަން ޑޮލަރު ކްލަބަށް
ޗައިނާގެ ދެވަނަ މަހުޖަނަކީ ގޫގުލްގެ ކުރީގެ މުވައްޒަފެއް
ކަންޔޭ އަކީ ވެސް މިހާރު ބިލިއަނަރެއް