19 ޖުލައި 2019
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި އެތައް އަހަރެއް ވަންދެން ހިފެހެއްޓި ބިލް ގޭޓްސްގެ މިލްކިއްޔާތު ދަށްވެ، ދެވަނަ އަށް ވެއްޓިފައި އޮންނަތާ ހަތް އަހަރު ފަހުން އަނެއްކާވެސް ސޮއްސާލައިފި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި އެތައް އަހަރެއް ވަންދެން ހިފެހެއްޓި ބިލް ގޭޓްސްގެ މިލްކިއްޔާތު ދަށްވެ، ދެވަނަ އަށް ވެއްޓިފައި އޮންނަތާ ހަތް އަހަރު ފަހުން އަނެއްކާވެސް ސޮއްސާލައިފި އެވެ.
މައިކްރޮސޮފްޓްގެ ބާނީ، އުމުރުން 63 އަހަރުގެ ގޭޓްސް އަކީ މިހާރު ދުނިޔޭގައި ތިން ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އެ މަގާމަށް އޭނާ ވެއްޓުނީ ފްރާންސްގެ ލަގްޒަރީ ބްރޭންޑް އެލްވީއެމްއެޗްގެ ސީއީއޯ ބާނާޑް އާނޯލްޓްގެ މިލްކިއްޔާތު އުފުލި އެންމެ މުއްސަނދި މީހުންގެ ލިސްޓްގެ ދެވަނަ ކަށަވަރު ކުރުމާ އެކު އެވެ.
އުމުރުން 70 އަހަރުގެ ވިޔަފާވެރިޔާގެ މިލްކިއްޔާތު މިހާރު 108 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ. ގޭޓްސްގެ މިލްކިއްޔާތަކީ 107 ބިލިއަން ޑޮލަރެވެ. ދެ މީހުންގެ ދޭތެރޭގައި ބިލިއަނެއްގެ ތަތާފު އެބަހުއްޓެވެ.
އެންމެ މުއްސަނދި މީހުންގެ އެންމެ ފަހުގެ ލިސްޓަށް ބަލާއިރު، ލިސްޓްގެ ކުރީގައި އޮތީ އެ މަގާމު ހިފަހައްޓަމުން އަންނަތާ ދުވަސްތަކެއްވެފައިވާ އެމެޒޯންގެ ބާނީ ޖެފް ބެޒޯސް އެވެ. މި އަހަރުގެ ކުރީކޮޅު މިއުޗްއަލް އެއްބަސްވުމެއްގެ ދަށުން ކައިވެނި ރޫޅައިލި ޖެފްގެ މިލްކިއްޔާތަކީ 125 ބިލިން ޑޮލަރެވެ.
ޖެފް އާއި ކުރީގެ އަންހެނުން މެކެންޒީ ބެޒޯސް.
ބްލޫމްބާގުން ބުނި ގޮތުގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމުން ތިނެކަށް ގޭޓްސް ވެއްޓުނަސް އޭނާއަކީ އަދިވެސް ޙައިރާތަށް އެންމެ ބޮޑު ހޭދައެއް ކުރާ މަހުޖަނެވެ. އެގޮތުން އަންހެނުން މެލިންޑާ އާއި ބިލް ގޭޓްސް ފައުންޑޭޝަނުން މިހާތަނަށް 35 ބިލިއަން ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.
ބޮޑު މަހުޖަނުގެ މަގާމުގައި އީލޮންއަށް ތިން ދުވަސް
މިހާރު އެންމެ މުއްސަނދީ އެމެޒޯންގެ ސީއީއޯ ޖެފް ބޭޒޯސް
ބިލް ގޭޓްސް އަށް ވުރެ އީލޮން މަސްކް މުއްސަނދި
ތިން ވަނަ އަށް އެންމެ މުއްސަނދީ އީލޮން
ބެޒޯސްގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް
ޓިމް ކުކް ވެސް 100 ބިިލިއަން ޑޮލަރު ކްލަބަށް
ޖެފް، އަނެއްކާވެސް އެންމެ މުއްސަނދި މީހާ އަށް
ބިލް ގޭޓްސް އަލުން އެންމެ މުއްސަނދި މީހާގެ މަގާމަށް
މެކެންޒީ ބެޒޯސް އެންމެ މުއްސަނދި އަންހެނުންގެ ލިސްޓަށް
ފިޔަވަޅުތަކާއެކުވެސް ރަޝިއާ ބިލިއަނަރުންގެ އަދަދު މަތި