ކުއާލަ ލަމްޕޫރު (ޖޫން 26) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ހިންގެވި ކޮރަޕްޝަނުގެ ބޮޑު މައްސަލައާ ގުޅިގެން ފާޑު ވިދާޅުވި ސީނިއާ ދެ މެންބަރަކު ޕާޓީން ވަކިކޮށްފި އެވެ. އޭގެ ތެރޭގައި ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދުގެ ދަރިކަލަކު ވެސް ހިމެނެ އެވެ.
26 ޖޫން 2016
ކުއާލަ ލަމްޕޫރު (ޖޫން 26) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ހިންގެވި ކޮރަޕްޝަނުގެ ބޮޑު މައްސަލައާ ގުޅިގެން ފާޑު ވިދާޅުވި ސީނިއާ ދެ މެންބަރަކު ޕާޓީން ވަކިކޮށްފި އެވެ. އޭގެ ތެރޭގައި ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދުގެ ދަރިކަލަކު ވެސް ހިމެނެ އެވެ.
ނަޖީބުގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އުމްނޯ) ޕާޓީން ދެން ބޭރުކުރީ ބޮޑު ވަޒީރުގެ ކުރީގެ ނައިބް މުހިއްދީން ޔާސިން އެވެ.
އުމްނޯގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ އެ ދެ ބޭފުޅުން ޕާޓީން ވަކިކުރީ ޕާޓީގެ ލީޑަޝިޕް ހަލާކުކޮށްލަން އުޅުއްވުމުން ކަމަށެވެ. އަދި މި ގޮތަށް ނިންމީ ނަޖީބު ރިޔާސަތު ބެލެހެއްޓެވި ޕާޓީގެ ބައްދަލުވުމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު.
ބޮޑު ވަޒީރުގެ ނައިބުގެ މަގާމުން މުހިއްދީން މިދިޔަ ޖުލައި މަހު ވަކިކުރި ފަހުން އޭނާ ގެންދަވަނީ ނަޖީބުގެ ކޮރަޕްޝަނުގެ މައްސަލާގައި ފާޅުގައި ފާޑު ވިދާޅުވަމުންނެވެ. މުހިއްދީނާ އެކު މަހާތިރުގެ ދަރިކަލުން މުޚްރިޒް ވެސް ގެންދަވަނީ ނަޖީބަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އުތުރުގެ ކެދާހު ސްޓޭޓުގެ ޗީފް މިނިސްޓަރުގެ މަގާމުން މުޚްރިޒް ވަނީ ފެބްރުއަރީ މަހު ވަކިކޮށްފަ އެވެ. މި ދެބޭފުޅުން ކުރިން ވަނީ ޕާޓީން ސަސްޕެންޑްކޮށްފަ އެވެ. މުހިއްދީންއާ ގުޅުން ބޭއްވި ކެބިނެޓުގެ ކުރީގެ ވަޒީރެއް ކަމަށްވާ ޝާފީ އަޕްދާލް ވެސް ވަނީ ޕާޓީން ސަސްޕެންޑް ކޮށްފަ އެވެ.
ނަޖީބުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށްފައި ވަނީ މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކް 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) އިން 681 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާތީ އެވެ. މުހިއްދީން ވަނީ މި ތުހުމަތުތަކަށް ނަޖީބު ޖަވާބު ދެއްވުމަށް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ. ނަޖީބު އާއި 1އެމްޑީބީ އިން ވަނީ މި ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. ނަޖީބު ވިދާޅުވެފައި ވަނީ އެއީ ސައުދީން ދިން ހަދިޔާއެއް ކަމަށެވެ.
މެލޭޝިއާގެ ޕާލެންޓަރީ ކޮމިޓީއަކުން އެޕްރީލް މަހު ވަނީ 1އެމްޑީބީން ބޭރުގެ އެކި ފަރާތްތަކާ 4.2 ބިލިއަން ޑޮލަރުގެ މުއާމަލާތް ސުވާލު އުފެދޭ ގޮތަށް ހިންގާފައިވާ ކަމަށް ބުނެފަ ވެ.
ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ނަޖީބުގެ އިސްތިއުފާ އަށް ގޮވާލި ނަމަވެސް އޭނާގެ މަގާމަށް މި ވަގުތު ނުރައްކަލެއް ނެތެވެ.
1އެމްޑީބީން މަނީ ލޯންޑްރިންގެ އެއްވެސް މުއާމަލާތެއް ހިންގާފައިވޭތޯ ސްވިޒަލެންޑް، ސިންގަޕޫރު އަދި ހޮން ކޮންގުން ދަނީ ތަހުގީގު ކުރަމުންނެވެ. --އޭއެފްޕީ
ނަޖީބަކީ "ވަގެއްގެ" ގޮތަށް މަހާތިރު ސިފަ ކުރައްވައިފި
ނަޖީބުގެ ޖަލު ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
ނަޖީބު 12 އަހަރަށް ޖަލަށް، 50 މިލިއަނުން ޖޫރިމަނާ
ހުރިހާ މައްސަލައެއްގައި ނަޖީބު ރައްޒާގު ކުށްވެރިވެއްޖެ
ނަޖީބުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ: ކޯޓު
"ނަޖީބު މަސައްކަތްކުރީ އަމިއްލަ އަށް މުއްސަނދިވާން"
ޕްރޮސެކިއުޓަރުން އެދިގެން ނަޖީބުގެ ޝަރީއަތް ފަސްކޮށްފި
ނަޖީބުގެ އަނބިކަނބަލުންނަށް ކޮރަޕްޝަނުގެ އާ ދައުވާއެއް
ކޮރަޕްޝަނުގެ ތުހުމަތާ ނަޖީބު ދެކޮޅު ހައްދަވައިފި