ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، އިދިކޮޅު ފަރާތްތަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްއާ ބައްދަލު ކުރުމަށް އެދެފި އެވެ.
30 ޖުލައި 2017
ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، އިދިކޮޅު ފަރާތްތަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްއާ ބައްދަލު ކުރުމަށް އެދެފި އެވެ.
އުއްތަމަ ފަނޑިޔާރާއި ޕީޖީއާ ބައްދަލުކުރުމަށް އެދި ސުޕްރީމު ކޯޓަށާއި ޕީޖީ އޮފީހަށް ޖުމްހޫރީ ޕާޓީން މިއަދު ވަކިވަކިން ފޮނުވި ސިޓީއެއްގައި ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ވަގުތުން ވަގުތަށް ހައްލު ހޯދިދާނެ ކަންކަން ހުރުމާއެކު، އެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް މިއަދު ވަގުތެއް ހަމަޖައްސައިދިނުމަށް އެދިފަ އެވެ.
އިދިކޮޅު ކޯލިޝަނުގެ ފަރާތުން މި ބޭފުޅުންނާ ބައްދަލު ކުރުމަށް ކަނޑައަޅާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން، ދަރިކަނބަލުން ޔުމްނާ މައުމޫން އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް، އަލީ ޒާހިރެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ބައެއް އިދިކޮޅު މެމްބަރުން، މަޖިލިސް ކައިރީގައި. ---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ޝަރުއީ ދާއިރާގެ އެންމެ އިސް ބޭފުޅުންނާ ބައްދަލު ކުރުމަށް އެދުނު އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އަދި އެކަން ކުރައްވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަގާމުން ވަކި ކުރައްވައި، އެ މަގާމަށް އާޒިމާ އައްޔަން ކުރެއްވުމަށް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ފަތުރާ އަޑަކީ ދޮގެއް ކަމަށް ޕީޕީއެމްގެ ބައެއް އިސް ވެރިން ވިދާޅުވެ އެވެ.
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި
ފެބްރުއަރީ 1ގައި އަމުރު ނެރުނީ ގާނޫނީ އުސޫލުން ބޭރުން
ގާނޫނީ ކަންކަން ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޕީޖީ
ޖަވާބެއް ނުލިބުމުން އިދިކޮޅު ފަރާތްތަކުން ޕީޖީ އޮފީހަށް
ޑްރަގްގެ ބޮޑުން ދޫވާތީ ސުޕްރީމް ކޯޓުން ނިންމުމެއް!
ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބު ޔާމީން ކިޔައިދީފި
ކުރީގެ އުއްތަމަފަނޑިޔާރަށް ހުކުމްކުރި ގޮތް ގޯސް: ޕީޖީ
ބިޝާމް ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި
ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންވެއްޖެ
އެސިސްޓެންޓް ޕީޖީއަކަށް ބޭފުޅަކު ހަމަޖައްސައިފި