Roadha Mihaaru
ޔޫކޭ ވިސާ އެޕްލިކޭޝަން ރާއްޖެއިން ބަލައިގަންނަން ފަށަނީ

އިނގިރޭސި ވިސާ އެޕްލިކޭޝަން ފޮރިން މިނިސްޓްރީން ބަލައިގަންނަން ފަށަނީ

07 އޯގަސްޓް 2017

އިިނގިރޭސި ވިލާތަށް ދިވެހިން ދިއުމުގެ ވިސާ އެޕްލިކޭޝަން ވަގުތީ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަލައިގަތުމަށް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިިނގިރޭސި ވިލާތަށް ދިވެހިން ދިއުމުގެ ވިސާ އެޕްލިކޭޝަން ވަގުތީ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަލައިގަތުމަށް ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ހުންނަ އިނގިރޭސި ވިލާތުގެ އެމްބަސީއާ ގުޅިގެން މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 އާ ހަމައަށް ވިސާ އެޕްލިކޭޝަން އެ މިނިސްޓްރީން ބަލައިގަންނަމުން އަންނާނެ އެވެ.

އެގޮތަށް ހަމަޖެއްސީ އިނގިރޭސި ވިލާތަށް ދަތުރުކުރާ ދިވެހިންނަށާއި އެ ގައުމުން ތައުލީމް ހާސިލްކުރަން ދާ ދަރިވަރުންނަށް ވިސާ ހޯދުމުގައި ލުއި ފަސޭހަތަކެއް ހޯދައި ދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިނގިރޭސި ވިލާތަށް ދިއުމަށް ދިވެހިންނަށް މިހާރު ވެސް ހަ މަސް ދުވަހުގެ އޮންއެރައިވަލް ވިސާ ލިބެ އެވެ. އެކަމަކު އެ އަށް ވުރެ ދިގު މުއްދަތަކަށް އެ ގައުމަށް ދާ ނަމަ ވިސާ ހޯދަން ޖެހެނީ ސްރީ ލަންކާގައި ހުންނަ އިނގިރޭސި އެމްބަސީ މެދުވެރިކޮށެވެ. އެކަމަކު މީގެ ކުރިން ވެސް ދޭތެރެދޭތެރެއިން އިނގިރޭސި ވިސާ ރާއްޖެއިން ދޫކުރެ އެވެ.