Roadha Mihaaru
އިންތިހާބީ މަގާމު ކަށަވަރުވާ މާއްދާ އުވާލުމަށް އެދިއްޖެ

ޕާޓީން ވަކިކުރިޔަސް މަގާމު ނުގެއްލޭނެ ކަމަށް ބުނާ މާއްދާ ބާތިލްކުރަން ދައުލަތުން ހުށަހަޅައިފި

09 އޯގަސްޓް 2017

ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް އެ މީހަކު އިންތިޚާބުވެފައިވާ މަގާމު ނުގެއްލޭނެ ކަމަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ މާއްދާ ބާތިލްކުރުމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި އެދެފި އެވެ.

ދައުލަތުން މިގޮތަށް އެދިފައި ވަނީ، ގޮނޑި ގެއްލިފައިވާ ކަމަަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި އިރު ހުރި ޕާޓީން ވަކިވެ، ވަކިކޮށް ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު، ސައުދުގެ އިތުރުން ފަސް މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، ދައުލަތުން މިއަދު ބާތިލްކުރަން އެދުނު މާއްދާ ބާތިލްކޮށްފައެއް ނުވެ އެވެ. އަދި ހުކުމުގެ ފަހުން ނެރުނު އަމުރެއްގައި ވެސް ސުޕްރީމް ކޯޓުން ވަނީ އެ މާއްދާ ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހުގައި ވެސް، ޕާޓީން ވަކިކުރިޔަސް މެންބަރު ކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށް ވަކާލުކުރައްވައި ބޭފުޅުން އެންމެ ބޮޑަށް ފާހަގަކުރައްވާ އެއް މާއްދާއަކީ މިއީ އެވެ.