13 ޖުލައި 2017
ޕާޓީން ވަކިކޮށްފި ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މެމްބަރުން ޝިކާރައަކަށް ހަދައި ރާއްޖޭގެ ޑިމޮކްރަސީ "ކަތިނުލަން" ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އަރިހުން، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެދިވަޑައިގެންފި އެވެ.
ޕާޓީން ވަކިކޮށްފި ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މެމްބަރުން ޝިކާރައަކަށް ހަދައި ރާއްޖޭގެ ޑިމޮކްރަސީ "ކަތިނުލަން" ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އަރިހުން، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެދިވަޑައިގެންފި އެވެ.
ބަންޑާރަ ނައިބަށް ފޮނުއްވި ސިޓީއެއްގައި އިލްހާމް ވިދާޅުވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިން ދޭހަވަނީ، ބަންޑާރަ ނައިބު ބޭނުންފުޅުވާ ގޮތަަކަށް ގާނޫނުއަސާސީ މާނަކުރައްވަން އުޅުއްވާ ތަން ކަމަށެވެ. އެއީ ގާނޫނުއަސާސީއާ ޚިލާފު މައްސަލައެއް ކަން ސާބިތުކޮށްދެއްވަން ގާނޫނުއަސާސީގެ ގިނަ މާއްދާތަކެއް ސިޓީގައި ހިމަނުއްވާފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަންޑާރަ ނައިބު އެދިވަޑައިގެންފައިވާ ފަދަ އަމުރެއް ނެރުމުގެ އިހްތިސާސް ވެސް ސުޕްރީމް ކޯޓަށް ލިބިގެންނެއް ނުވެ އެވެ. އެފަދަ ކަމެއް ކޮށްފި ނަމަ އެކަން ވާނީ ގާނޫނުއަސާސީ އަށް ބައެއް އިތުރުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ [ގާނޫނުއަސާސީ އަށް މާއްދާއެއް އިތުރުކުރުމަކީ] ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ. ތިން ބާރު ވަކިވެފައިވާ ދުސްތޫރީ ނިޒާމެއްގައި އެފަދަ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެންވުމަކީ އެއް ބާރު އަނެއް ބާރަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެން ދިޔުމެވެ،" ސިޓީގައި ވެ އެވެ.
ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު. ގާނޫނުއަސާސީ މުގުރާ ނުލައްވަން ބަންޑާރަ ނައިބުގެ އަރިހުން އެދިވަޑައިގެންނެވި - ފޮޓޯ: ނިޝާން އަލީ/ މިހާރު
ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި އަނިލް އެދިވަޑައިގެންފަައިވާ ގޮތަށް ކަމެއް ނިންމައިފި ނަމަ އެކަން ވާނީ ގާނޫނުއަސާސީގެ 261 ވަނަ މާއްދާ އިން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ހަނިކޮށްލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލްހާމް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގައި ވޯޓު ދޭންވާނީ އެ މެމްބަރަކު އިންތިހާބުކުރެވޭ ނުވަތަ އެ މެމްބަރަކު އެ ވަގުތަކު ތަމްސީލުކުރާ ޕާޓީއެއްގެ ފިކުރާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ. ވޯޓު ލުމުގެ ހައްގު ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައި ވަނީ ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުވަތަ ވަކި ތަނަކަށް ޚިދުމަތް ކުރަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މަނިކުފާނަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި 'ރޫލް އޮފް ލޯ' ހިފަހެއްޓުމަށް ވަކާލާތު ކުރައްވާ އަދި ކޮލެޖްތަކާއި ގައުމީ ޔުނިވަސިޓީގައި މިކަމާ ގުޅޭ ތަގުރީރު ދެއްވާ ބޭފުޅެކެވެ. އެހެންކަމުން ދިވެހިރާއްޖެ ޑިމޮކްރަސީގެ ދަތުރުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ތިބޭފުޅާގެ އަތްޕުޅުން ކަތިލެއްވުމަށް ފަހު ގުރުބާންކުރައްވާނެ ކަމަށް ގަބޫލުކުރަން، ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ވަރަށް ދައްޗެވެ،" އިލްހާމް ވިދާޅުވި އެވެ.
މައްސަލަ އަނބުރާ ނެންގެވުމުގެ މާނާގައި އޭނާ އަނިލްގެ ކިބައިން އެދިވަޑައިގަތީ ދިވެހި ރައްޔިތުންނާއި ގައުމުގެ ހައްގުގައި "ފަޚުރުވެރި ނިންމުމެއް" ނިންމެވުމަށެވެ.
ދުސްތޫރީ މައްސަލަ އަށް އެމްޑީޕީން ވަންނަނީ
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
މަޖިލީހުގައި 12 ދާއިރާގެ އަޑު ނެތި އަހަރެއް
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން
12 މެމްބަރުންގެ ގޮނޑި: ދެން ވާނީ ކިހިނެއް؟
ގޮނޑި ނުގެއްލޭ ބަޔަށް އަމަލުކުރުން ފަސްކޮށްފި
ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟
ކޯޓުން އެދުނީ ޝަކުވާ ލިޔުމުން ހުށަހަޅަން: މެމްބަރުން
"މި ހާލަތު ނިމުމަކަށް ގެނެވޭނީ އުއްތަމަ ފަނޑިޔާރަށް"