Roadha Mihaaru
އިންޑިއާގެ ހޮސްޕިޓަލުން ކުދިން މަރުވީ އޮކްސިޖަން ކަނޑާލުމުން

އިންޑިއާގެ ހޮސްޕިޓަލުން ކުޑަ ކުދިން މަރުވީ ބިލް ނުދައްކައިގެން އޮކްސިޖަން ކަނޑާލުމުން

13 އޯގަސްޓް 2017

އުއްތަރަ ޕްރަދޭޝް (އޮގަސްޓް 13) - އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލަކުން ފަސް ދުވަސްތެރޭ 60 ކުދިން މަރުވެފައި ވަނީ އޮކްސިޖަން ސަޕްލައި ކުރާ ކުންފުންޏަށް ބިލް ނުދެއްކުމުން އޮކްސިޖަން ކަނޑާލުމުން ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އުއްތަރަ ޕްރަދޭޝް (އޮގަސްޓް 13) - އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލަކުން ފަސް ދުވަސްތެރޭ 60 ކުދިން މަރުވެފައި ވަނީ އޮކްސިޖަން ސަޕްލައި ކުރާ ކުންފުންޏަށް ބިލް ނުދެއްކުމުން އޮކްސިޖަން ކަނޑާލުމުން ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ގޮރަކްޕޫރުގެ ބާބާ ރަގާވް ދާސް ހޮސްޕިޓަލުން ގިނަ އަދަދެއްގެ ކުދިން މަރުވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ކަމާބެހޭ އޮފިޝަލުން ވަނީ ބުނެފަ އެވެ. ގޮރަކްޕޫރުގެ ޑިވިޝަނަލް ކޮމިޝަނާ އަނިލް ކުމާރު ވިދާޅުވީ ފުރަތަމަ ރިޕޯޓް މިއަދު ލިބޭނެ ކަމަށެވެ. ނަމަވެސް ކުދިން މަރުވީ އޮކްސިޖަން ނުލިބިގެން ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.

ހިންދުސްތާން ޓައިމްސް އިން ބުނީ ހޮސްޕިޓަލުން އޮކްސިޖަން ކަނޑާލީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެކެއް ޖެހިއިރު ކަމަށެވެ. އެހެންވެ ސްޓާފުންނަށް ޖެހުނީ ބަލި މީހުންނަށް މެނުއަލްކޮށް ވެންޓިލޭޓަރު ގުޅަން ކަމަށް ނޫހުން ބުނެފައިވެ އެވެ. ކުދިން މަރުވާން ފެށުމުން އޮކްސިޖަން ގުޅައިދިނުމަށް ސަޕްލަޔާ، ޕުޝްޕާ ސޭލް އަށް ޑޮކްޓަރުން ގުޅުމުން ކޮންމެވެސް ވަރަކަށް އޮކްސިޖަން ދިން ކަމަށާއި ނަމަވެސް ފަހުން އޮކްސިޖަން ހުސްވީ ކަމަށް ބުނެފައިވެ އެވެ.

އުއްތަމަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޮގީ އަދިތިޔާނާތުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހޮސްޕިޓަލުގެ ކުޑަ ކުދިންގެ ވޯޑުން ކުދިން މަރުވާން ފަށާފައި ވަނީ ހޯމަ ދުވަހުން ފެށިގެންނެވެ. ބުރާސްތި ދުވަހު އެކަނި ވެސް ވަނީ 23 ކުދިން މަރުވެފަ އެވެ.

ހޮސްޕިޓަލަށް އޮކްސިޖަން ސަޕްލައި ކުރާ ކުންފުނީގެ އޮފިޝަލަކު ބުނީ ހޮސްޕިޓަލުން 6.9 މިލިއަން އިންޑިއަން ރުޕީސް (107،000 ޑޮލަރު) ދައްކަން ޖެހޭ ކަމަށެވެ.

އުއްތަރަ ޕްރަދޭޝްގެ ހެލްތު އޮފިޝަލެއް ކަމަށްވާ ޕްރަޝާންތު ޓްރެވެދީ ވިދާޅުވީ އޮކްސިޖަން ސަޕްލައި ކުރުމުގައި މައްސަލައެއް ނޫޅޭ ކަމަށާއި ހޮސްޕިޓަލުގައި ވެސް އެކަށީގެންވާ ވަރަށް އޮކްސިޖަން ސިލިންޑަރު ހުރި ކަމަށެވެ. ނަމަވެސް މަރުވި ކުދިންގެ ބެލެނިވެރިން ބުނީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ހޮސްޕިޓަލުން އޮކްސިޖަން ހުސްވެފައިވާ ކަމަށެވެ.