އައްޑު އާއި ފުވައްމުލަކުގައި އާއްމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް )އިން 13 ބަސް ރާއްޖެ ގެނެސްފި އެވެ.
27 ޖޫން 2016
އައްޑު އާއި ފުވައްމުލަކުގައި އާއްމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް )އިން 13 ބަސް ރާއްޖެ ގެނެސްފި އެވެ.
އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއީ މުހައްމަދު ޖުނައިދު ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކުގެ އެއްގަމު ދަތުރުފަތުރަށް ގެނައި 13 ބަސް މިހާރު ހުރީ މާލޭ ބަނދަރުގައި ކަމަށެވެ. އެ ބަސްތައް ބޭލުމުގެ މަސައްކަތް މިއަދު ނުވަތަ މާދަމާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވި ގޮތުގައި މި ބަސްތަކަށް ގާތްގަނޑަކަށް 800،000 ޑޮލަރު (12 މިލިއަން ރުފިޔާ) ހަރަދު ކުރި އެވެ.
މުޅިން އާ މި ބަސްތައް އައްޑޫ އާއި ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އެމްޕީއެލް އިން ވަނީ އިއުލާންކޮށްފަ އެވެ. އެކަން ފުރިހަމަކޮށް ވަރަށް އަވަހަށް ބަސްތައް އައްޑޫ އާއި ފުވައްމުލަކަށް ގެންދާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"ހާއްސަ އިންތިޒާމެއްގެ ދަށުން ލޭންޑިން ކްރާފްޓް ފަދަ އުޅަނދުތަކުގައި ގެންދެވޭނީ،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ.
އެންމެ ދެކުނުގެ ދެ އަތޮޅުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރުން ވަނީ އެމްޕީއެލްއާ ހަވާލުކޮށްފަ އެވެ. އެއީ ކުރިން އެކަން ކުރި އަމިއްލަ ކުންފުނި، އެމްވީކޭއިން ދެމުން ދިޔަ ހިދުމަތުގެ ފެންވަރު ދަށްވެ، އެއްކޮށް ހުއްޓުމުންނެވެ.
އަތޮޅުތެރޭގެ ބަސްތަކުގައި ވެސް ޓިކެޓު ވިއްކަން ފަށަނީ
އާރުޓީއެލް ބަހުގެ ހިދުމަތް އަތޮޅުތެރެ އަށް ފަށައިފި
އާރުޓީއެލް މިނީ ބަހުގެ ހިދުމަތަށް އެމްޓީސީސީ ތައްޔާރު
އަންނަ އަހަރު ދަތުރުކުރާނީ ރީތި ބަސްތަކެއްގައި: އާޒިމް
ދެކުނުގެ ބަހުގެ ހިދުމަތުގެ އަގު އިއުލާންކޮށްފި
ދެކުނުގެ ބަހުގެ ހިދުމަތް އިފުތިތާހުކޮށްފި
ދެކުނުގެ ބަހުގެ ހިދުމަތް ބުދަދުވަހު އިފުތިތާހު ކުރަނީ
ދެކުނުގެ ބަސް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
"ގެއްލުނު މީހާ ހޯދުން ހުއްޓާލި ކަމަށް ބުނީ އޮޅިގެން"
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ