މާލެ އާއި އެކި ރަށްރަށުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ މިނީ ބަހުގެ ހިދުމަތް ދޭން ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.
20 ޖުލައި 2022
މާލެ އާއި އެކި ރަށްރަށުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ މިނީ ބަހުގެ ހިދުމަތް ދޭން ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަމާޒަކީ ވީހާ ވެސް އަވަހަކަށް މިނީ ބަހުގެ ހިދުމަތް ފެށުން ކަމަށެވެ. ނަމަވެސް، ހިދުމަތް ފަށާނެ ވަކި ތާރީހެއް ނުބުނެ އެވެ.
މާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް، ލ. ގަން ، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި މިނީ ބަހުގެ ހިދުމަތް ފަށާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާލެ އާއި ރަށްރަށުގައި ދަތުރުކުރަން ހަމަޖެހިފައިވާ ބަހުގެ އަދަދާއި ރޫޓުތައް:
މާލެ - 12 ބަސް - ދެ ރޫޓް
އައްޑޫ (ފޭދޫ - ހިތަދޫ) - އަށް ބަސް - ހަތަރު ރޫޓް
އައްޑޫ (ހުޅުމީދޫ) - ހަތަރު ބަސް - ހަތަރު ރޫޓް
ފުވައްމުލައް - ފަސް ބަސް - ހަތަރު ރޫޓް
ލާމު މެއިންލޭންޑް (ގަން - ފޮނަދޫ) - ފަސް ބަސް - ހަތަރު ރޫޓް
ލާމު (އިސްދޫ - ކަލައިދޫ) - ދެ ބަސް - އެއް ރޫޓް
މިނީ ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން މިދިޔަ އާދިއްތަ ދުވަހު ވަނީ 36 ބަސް ރާއްޖެ ގެނެސްފަ އެެވެ. އަދި މި މަހުގެ ފަހުކޮޅު އިތުރު ފަސް ބަސް ގެންނަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަލަށް ގެނަ އެ ބަސްތަކަކީ 18 ނުވަތަ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.
އެމްޓީސީސީން ދެމުންގެންދާ ބަހުގެ ހިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލަން ސަރުކާރުން ފަށާފައިވާ އާރްޓީއެލް މަޝްރޫއުގެ ދަށުން ހިމެނޭ ހިދުމަތެކެވެ. އެ ހިދުމަތުގެ ދަށުން ދެން ހިމެނެނީ އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތެވެ. މިހާރު ވެސް ވަނީ ރާއްޖޭގެ އުތުރުން ހއ. އަދި ހދ. ގެ ރަށްތަށް ހެޔޮއަގުގައި އާރްޓީއެލް ފެރީ ނިޒާމުން ގުޅާލައިފަ އެވެ.
އަތޮޅުތެރޭގެ ބަސްތަކުގައި ވެސް ޓިކެޓު ވިއްކަން ފަށަނީ
އާރުޓީއެލް ބަހުގެ ހިދުމަތް އަތޮޅުތެރެ އަށް ފަށައިފި
އަންނަ އަހަރު ދަތުރުކުރާނީ ރީތި ބަސްތަކެއްގައި: އާޒިމް
އާރްޓީއެލް ބަސްތައް އައްޑުއަށް ގެންގޮސްފި
ރަށްރަށުގައި ވެސް ބައެއްމީހުންނަށް ބަހުގެ ހިދުމަތް ހިލޭ
އައްޑޫ، ފުވައްމުލައް، ގަމުގެ ކާފިއު ވަގުތު އިތުރު
އައްޑޫގައި ހަލާކުވި އެއް ޖަނަރޭޓަރު ހަދައިފި
އައްޑޫ، ފުވައްމުލަކުގެ ދަތުރުފަތުރަށް 13 ބަސް ގެނެސްފި
"ގެއްލުނު މީހާ ހޯދުން ހުއްޓާލި ކަމަށް ބުނީ އޮޅިގެން"
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ