18 އޯގަސްޓް 2017
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި، އެތަނުގައި "ތަޅު އަޅުވާފައި" ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ޕާޓީތަކުން އިއްޔެ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި، އެތަނުގައި "ތަޅު އަޅުވާފައި" ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ޕާޓީތަކުން އިއްޔެ ބުނެފި އެވެ.
މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ތަޅު އަޅުވާފައިވާތީ ގުޅިފައިވާ ޕާޓީތަކުން އެކަން އިންތިހާ އަށް ކުށްވެރިކުރާ ކަމަށެވެ. އެހެންވެ، އިންތި ވަނީ ވީހާވެސް އަވަހަކަށް މަޖިލީހުގެ ޖަލްސާތައް ބާއްވައި، އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމަށް ގޮވާލައްވައިފަ އެވެ.
ސިފައިންގެ ހިމާޔަތުގައި މަސީހު މިދިޔަ މަހުގެ 31 ގައި ޖަލްސާ ބާއްވަނީ.
އިދިކޮޅު ޕާޓީތަކުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިހާރު މަޖިލީހަށް ހުށަހަޅާފައިވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އެކަމަކު، އެ މައްސަލާގައި މިހާތަނަކަށް އަދި ނޯޓިސްއެއް ނުފޮނުވަ އެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ޖޫންގައި ފެށި ފަހުން މިހާތަނަށް ބޭއްވީ އަށް ޖަލްސާ އެވެ. މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މަހުގެ 31 ގަ އެވެ. އެ ޖަލްސާ ކުރިއަށް ގެންދިޔައީ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރަމުން ދަނިކޮށް ސިފައިންގެ ހިމާޔަތުގަ އެވެ. އެދުވަހުގެ ޖަލްސާއަށް ފަހު، މަޖިލީހުގެ ފާހަނާއެއްގައި ރޯވެގެން މިހާތަނަށް އައިއިރު ޖަލްސާއެއް ނުބާއްވަ އެވެ.
އިންތި ވިދާޅުވީ މަޖިލީހުގެ ފާހަނާއެއްގައި ހުރި ޓިޝޫ ބޮނޑިއެއްގައި ރޯވުމަކީ ޖަލްސާތައް ބާއްވަން ނުޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ޓިޝޫ ބޮނޑިއަކާ ހުރެ ހުއްޓިފައި ވުމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ސީދާ ވެއްޓެމުންދާ ސަރުކާރެއް. ބަލިކަށިވަމުންދާ ސަރުކާރެއް ދިފާއު ކުރަން ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ތަޅު އަޅުވައިގެން އުޅޭ އުޅުމެއް،" އިންތި ވިދާޅުވި އެވެ.
މީގެ އިތުރުން މަޖިލީހުގެ އިދިކޮޅު މެމްބަރުން ޖަލަށް ގެންގޮސް، އެ މެމްބަރުންގެ މައްޗަށް ކުރާ ޝަރީއަތްތަކާއި ފުލުސް އޮފީހަށް ގެންދިއުމަކީ ބަލިކަށިވެފައިވާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިތުރު ގޮތެއް ނެތިގެން ހިންގަމުން އަންނަ ޖަރީމާއެއް ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އެހެންވެ، އިންތި ވަނީ ޖަލަށްލާފައި ތިބި އިދިކޮޅު މެމްބަރުން ވަގުތުން ދޫކޮށްލުމަށް ފުލުހުންނަށް ގޮވާލައްވައިފަ އެވެ. ޖަލުގައި މިވަގުތު ތިއްބެވި މެމްބަރުންނަކީ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މަޖިލިހުގެ އިދާރާ އަށް މިދިޔަ މަހުގެ 24 ގައި ވަން މައްސަލާގައި ހައްޔަރުކުރި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.
މަޖިލީހުގެ އިދާރާގެ ފާހާނާއެއްގައި ހުރި ޓިޝޫ އަޅާ އެއްޗެއްގައި ރޯވި ފަހުން ޖަލްސާތައް ނުބާއްވާތާ މިހާރު ތިން ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި މި މަސް ނިމުމުން މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާނެ އެވެ. މަޖިލީހުގެ ޖަލްސާތައް ބާއްވަން ނުކެރެނީ ސަރުކާރަށް މެޖޯރިޓީ ގެއްލުމުން ކަމަށާއި މަޖިލީހަކީ މިހާރު ވާވެފައި އޮތް ތަނެއް ކަމަށް އިދިކޮޅު މެމްބަރުން ސިފަ ކުރެ އެވެ.
މަޖިލިސް ހުއްޓިފައި، ޒިންމާ ނަގާނެ ބަޔަކު ނެތް!
އިދިކޮޅުން މަސީހަށް: ތިކުރަނީ ބަޣާވާތް، ތިއީ ބޮޑުވަރު
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
މުލައްދަނޑީގެ ބާރު ނޫން ބާރެއް ސަރުކާރުގެ ނެތް!
މި ގޮތް ވެސް މަސީހަށް ހަމަ "އޯކޭ"!
އިތުބާރެއް ނެތް، އިތުރަށް ބޭނުމީ ކޮން ހެއްކެއް؟
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް
ޒުވާބު ހޫނުވެ، ނަޝީދާއި ޔާމީން އަމާޒު ފަތްގަނޑަކަށް!
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!