Roadha Mihaaru
އިދިކޮޅުން މަސީހަށް: ތިކުރަނީ ބަޣާވާތް، ތިއީ ބޮޑުވަރު

އިދިކޮޅުން މަސީހަށް: ތި ކުރަނީ ބަޣާވާތެއް، ތިއީ ބޮޑުވަރު!

19 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނުފަށައި އޮތުމަކީ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ކުރައްވާ ބަޣާވާތެއްގެ ގޮތުގައި އިދިކޮޅު މެމްބަރުން މިއަދު ސިފަކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނުފަށައި އޮތުމަކީ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ކުރައްވާ ބަޣާވާތެއްގެ ގޮތުގައި އިދިކޮޅު މެމްބަރުން މިއަދު ސިފަކުރައްވައިފި އެވެ.

މިއީ، މަޖިލިހުގެ ޖަލްސާތައް އެންމެ މަދުން ބޭއްވި އަހަރަށް ވާނެ އެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ދައުރުގައި 11 ޖަލްސާ އަދި ދެވަނަ ދައުރުގައި 13 ޖަލްސާ ބޭއްވި އިރު، މިހާރު ހިނގަމުންދާ ފަހު ދައުރު ފެށުނު ފަހުން އެއްވެސް ޖަލްސާއެއް ބާއްވައިފައެއް ނުވެ އެވެ. އެކަމަކު، ބައެއް ކޮމެޓީތަކުގެ މަސައްކަތް މި ދައުރުގައި ކުރިއަށް ގެންދެ އެވެ. ކޮމެޓީތަކަށް ހާޒިރުވާ މެމްބަރުންނަށް މުސާރަ އާއި އެހެނިހެން އެލަވަންސްގެ އިތުރުން ކޮމެޓީ އެލަވަންސްގެ ގޮތުގައި 20،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

އިދިކޮޅު ބައެއް މެމްބަރުން "މިހާރު" އަށް ވިދާޅުވީ ޖަލްސާތައް ނުބާއްވަނީ ރައީސް އަބްދުﷲ ޔާމީންގެ އަމުރުފުޅަށް މަސީހް ކަމަށެވެ. މަސީހްގެ އެ އަމަލަކީ މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ މަސައްކަތްޕުޅަށް ހުރަސް އެޅުއްވުން ކަމަށް އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، ޖަލްސާތައް ނުބާއްވަނީ ރައީސް ޔާމީން އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތީމަ، ހަޖަމް ނުކުރެވިގެން ކަމަށެވެ. މިއީ އިންތިޚާބީ ރައީސް އިބޫ އަށް ޖެއްސުން ކުރެއްވުމުގެ ގޮތުން މަސީހް ހިންގަވާ އަމަލެއް ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

"މިއީ ދެން ބޮޑުވަރު. މުޅި ނިޒާމު ގެއްލުވާލުމުގެ ޒިންމާ މަސީހް ނަންގަވަން ޖެހޭނެ. މިއީ އެމަނިކުފާނު ހިންގަވާ ބޮޑު ޖަރީމާއެއް،" --- އަމީތު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަސީހު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަސީހު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

"މިހާތަނަށް އައިއިރު، މަސީހު ކައިރީގައި ތިއްބެވި މެމްބަރުން ވިދާޅުވީ، އިދިކޮޅު މަޖިލިސް މެމްބަރުން ޖަލްސާއަށް ނުގޮސް، މުސާރަ ނަގާ ވާހަކަ. އަދި ކޮމިޓީ އެލަވަންސް ހޯދަން ކޮމިޓީތަކަށް ދާ ވާހަކަ. އެކަމަކު، އެ މެމްބަރުން ވެސް މިއަދު ޖަލްސާއަށް ނުގޮސް މުސާރަ ނަންގަވާ. ކިހިނެއްތޯ މިވީ؟" އަމީތު ވިދާޅުވި އެވެ.

ތިން ވަނަ ދައުރުގެ ޖަލްސާތައް ނުފަށައި ދެ މަސް ދުވަހާ ގާތަށް ދިޔަ އިރު، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ދެ ފަހަރަށް މަޖިލީހަށް ވެއްދި އެވެ. ފުރަތަމަ ފަހަރު މައްސަލަ ބޭރުކޮށްލުމުން، ދެ ވަނަ ފަހަރަށް މައްސަލަ ހުށަހެޅީ 45 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އެ މައްސަލަ ބޭރުކޮށްލީ، ޕެޓިޝަންގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް ކަނޑައަޅައިގެންނެވެ. އެގޮތަށް ކަނޑައެޅީ ޕީޕީއެމުން އެދިގެން އިލެކްޝަންސް ކޮމިޝަނުންނެވެ.

"މިއީ އަޅުގަނޑުމެން ދޫ ކުރާނެ ކަމެއް ނޫން. މަސީހު ޖެހޭނީ ގޮނޑިން ފައިބަން،" --މުސްތަފާ
މުސްތަފާ (ކ) އާއި އިތުރު މެމްބަރުންތަކެއް މަޖިލިހަށް ވެންނެވުމަށް މަސައްކަތް ކުރެއްވުމުން ފުލުހުން އެކަމަށް ހުރަސް އަޅަނީ. -- ފޮޓޯ: މިހާރު

މުސްތަފާ (ކ) އާއި އިތުރު މެމްބަރުންތަކެއް މަޖިލިހަށް ވެންނެވުމަށް މަސައްކަތް ކުރެއްވުމުން ފުލުހުން އެކަމަށް ހުރަސް އަޅަނީ. -- ފޮޓޯ: މިހާރު

މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވެސް ސޮއިކުރެއްވި އަމީތު ވިދާޅުވީ މަސީހް، މަޖިލިހުގެ ރައީސް ކަމުގައި އިންނަވަނީ ގަދަބާރުން ކަމަށެވެ. އަދި އެންމެ ފަރުދަކަށް މަޖިލިސް ހައިޖެކް ކުރެވިގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

އަމީތު ވަނީ، މަޖިލިހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ބެއްލެވުމުގެ ދަށުން މަޖިލިހުގެ ޖަލްސާތައް ފައްޓަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި މަޖިލިހުގެ ޖަލްސާތައް ބޭއްވުމުގެ ހުރިހާ ޒިންމާއެއް، މޫސަ އާ ހަވާލު ކުރެއްވުމަށް ވެސް އަމީތު ވަނީ ގޮވާލައްވައިފަ އެވެ.

"މިއީ ދެން ބޮޑުވަރު. މުޅި ނިޒާމު ގެއްލުވާލުމުގެ ޒިންމާ މަސީހް ނަންގަވަން ޖެހޭނެ. މިއީ އެމަނިކުފާނު ހިންގަވާ ބޮޑު ޖަރީމާއެއް. މަޖިލިސް ހިސޯރުކޮށްގެން ނުވާނެ،" ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރެއް ފަހުން، ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އިދިކޮޅު ހަތަރު މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އަމީތު ވިދާޅުވި އެވެ.

މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ސިފަ ކުރެއްވި ގޮތުގައި ޖަލްސާތައް ނުބާއްވައި ދެ މަސް ވާން ކައިރިވުމަކީ އިންތިޚާބީ ސަރުކާރާ ދެކޮޅަށް ރައީސް ޔާމީނާއި މަސީހް ހިންގަވާ ބަޣާވާތެކެވެ.

"މިއީ އަޅުގަނޑުމެން ދޫ ކުރާނެ ކަމެއް ނޫން. މަސީހް ޖެހޭނީ ގޮނޑިން ފައިބަން،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި، މަޖިލިހުގެ މެމްބަރުންގެ ހައްގުތަކަށް މަސީހް ވަނީ އަރައިގެންފަ އެވެ. އެމަނިކުފާނުގެ އިހުމާލު މިކަމުގައި ވަރަށް ބޮޑު ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންގެ ހައްގުތަކަށް އަރައިގެންފައިވާ މެމްބަރެއް،" މުސްތަފާ ވިދާޅުވި އެވެ.

މެމްބަރު އަބްދުލްޣަފޫރު މަޖިލިހުގެ އިދާރާގެ ގޯތިތެރޭގައި. މަޖިލިހުގެ ރައީސް މަސީހަށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި. - ފޮޓޯ: މިހާރު

މެމްބަރު އަބްދުލްޣަފޫރު މަޖިލިހުގެ އިދާރާގެ ގޯތިތެރޭގައި. މަޖިލިހުގެ ރައީސް މަސީހަށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި. - ފޮޓޯ: މިހާރު

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ޖަލްސާތައް ނުބާއްވައި ދިގުލައިގެން ގޮސްފައިވާތީ ވަރަށް ބައިވަރު މަސައްކަތްތައް ވަނީ ހުއްޓިފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮމިޓީތައް ވެސް އެކަށީގެންވާ ގޮތެއްގައި ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ތަހުގީގު ކުރަން ޖެހޭ މައްސަލައެއް. ރައްޔިތުންގެ އަޑު ނީއްވަންވެގެން ޖަލްސާތައް ހުއްޓުވާފައި އޮތީ. މި ފެންނަނީ މަސީހްގެ ހުދުމުހުތާރުކަން،" އަބްދުލްޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަޖިލިހުގެ ރައީސް ކަމުގައި މަސީހް ހުންވަން ޖެހޭ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތެވެ. އަދި މެމްބަރުންނަށް ސިފައިން ހުރަސް އަޅަނީ މަސީހް އަންގަވައިގެން ކަމަށާއި ދާދި އަވަހަށް އެކަން ނިމުމަކަށް ގެންނަވާނެ ކަމަށް ވެސް އަބްދުލްޣަފޫރު ވިދާޅުވި އެވެ.

އޭނާ ވަނީ އިދިކޮޅު މެމްބަރުން ގުޅިވަޑައިގެން، ރައްޔިތުންގެ ހައްގުގައި ޖަލްސާތައް ވީހާ އެންމެ އަވަހަކަށް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިހުގެ މަސައްކަތަކަށް ހުރަސް އަޅައި، އެތަނުގެ ބާރު ކަނޑުވާލާފައި އޮތުމުގެ ތުހުމަތު ކުރަނީ، މަޖިލީހުގެ ރައީސް މަސީހަށެވެ. މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ބާރު އޮންނަނީ މަޖިލީހުގެ ރައީސަށެވެ. އެކަމަކު، ޖަލްސާތައް ނުބާއްވަނީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމަށް އޮތް އަޣުލަބިއްޔަތު ގެއްލުމުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

މަޖިލީހުގައި މެމްބަރުން ބެހިފައިވާ ގޮތަށް ބަލާއިރު، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މި ވަގުތު ތިއްބެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހިމަނައިގެން 40 މެމްބަރުންނެވެ. އިދިކޮޅު ކޯލިޝަންގައި ތިއްބެވީ 34 މެމްބަރުންނެވެ. އެއީ، އެކަމަކު، ޖިނާއީ ކުށެއް ސާބިތުވެފައިވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ނުހިމަނަ އެވެ.

މަޖިލީހުގައި ތިއްބެވި އަށް މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާތީ އެއިން އެއްވެސް މެމްބަރަކަށް މަޖިލިހަށް ވަނުމުގެ ފުރުސަތެއް ނުދެ އެވެ. މިހާތަނަށް އައިއިރު، ގޮނޑި ގެއްލުނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ އެވެ.