Roadha Mihaaru
ދިން ބޭހަކުން ކުއްޖެއްގެ ހާލު ދެރަވި ވާހަކަ ދޮގުކޮށްފި

ބޭހެއްގެ ސަބަބުން ކުއްޖެއްގެ ހާލު ދެރަވި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: އައިޖީއެމްއެޗް

20 އޯގަސްޓް 2017

އައިޖީއެމްއެޗުން ކުޑަކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ހާލު ދެރަވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައިޖީއެމްއެޗުން ކުޑަކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ހާލު ދެރަވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.

އައިޖީއެމްއެޗުން ކުޑަކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ހާލު ދެރަވެ، ރާއްޖެ އިން ބޭރުގައި ފަރުވާ ހޯދަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ އެ ކުއްޖާ އަށް މިދިޔަ ހަފުތާގައި އެ ހޮސްޕިޓަލްގައި ފަރުވާ ދޭން ފެށީ ސްޓީވަންސް ޖޯންސަން ސިންޑްރޯމްގެ ސަބަބުން ކަމަށެވެ. އަދި އެ ކުއްޖާ ރާއްޖެ އިން ބޭރަށް ގެންދިޔައީ އާއިލާ އިން ބޭނުންވެގެން ކަމަށާއި އެއީ ވަކި ބޭހެއް ދިނުމުގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

"ސްޓީވަންސް ޖޯންސަންސް ސިންޑްރޯމަކީ އަކީ ބައެއް ބޭސް ބޭނުން ކުރުމުގެ ސަބަބުން ވަރަށް މަދުން ނަމަވެސް އެ ބޭހެއް ބޭނުންކުރާ ކުއްޖަކަށް ނުވަތަ މީހަކަށް އަންނަ އެލާޖިކް ރިއެކްޝަނެކެވެ. މިފަދަ ރިއެކްޝަނަކީ ވަކި ބޭހެއް ނުވަތަ ވަކި ބްރޭންޑެއްގެ ބޭހެއް ވެގެން ވާނެ ކަމެއް ނޫން.." އައިޖީއެމްއެޗުގެ ބަޔާނުގައިވެ އެވެ.

އެ ކުއްޖާގެ ބަލި ހާލަތުގެ މައުލޫމާތު އާއިލާ އަށް އައިޖީއެމްއެޗުން ދެމުން ގޮސްފައިވާ ކަމަށާއި އެފަދަ ކަންކަމަކީ ހޮސްޕިޓަލްގެ ނުވަތަ ޑޮކްޓަރުގެ އިހުމާލުން ދިމާވި ކަމެއް ކަމަށް ބުނެ މައުލޫމާތު ނުފެތުރުމަށް އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.