ގއ. ވިލިނގިލީގައި ވިލާ ކޮލެޖުގެ ކޯސްތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
22 އޯގަސްޓް 2017
ގއ. ވިލިނގިލީގައި ވިލާ ކޮލެޖުގެ ކޯސްތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެ އަތޮޅުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ފަށާ މި ކޯސްތައް ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އަދި ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވަނީ މިއަދު ސޮއިކުރައްވައިފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ އަންނަ މަހު ކޯސްތައް ފަށަން ހަމަޖައްސާފައިވާ ދުވަހު، ވިލިނގިލީގައި ވެސް ކިޔެވުން ފަށާނެ ކަމަށެވެ. އެހެންކަމުން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަަމައަށް ވަނީ ކޯސްތަކަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފަ އެވެ.
ވިލިނގިލީގައި ވިލާ ކޮލެޖުގެ ކޯސްތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ ގއ. އަތޮޅަކީ ކުރިއްސުރެ ވެސް ތައުލީމަށް ވަރަށް ލޯބިކުރާ މީހުން ދިރުއުޅޭ އަތޮޅެއް ކަމަށެވެ. އެހެންކަމުން ރަށުގައި ތިބެގެން، އިނގިރޭސިވިލާތުގެ ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތުތައް ލިބުމަކީ ތައުލީމީ ގިނަ ބަޔަކު އުފެދިގެންދާނެ ކަމެއް ކަން އަންވަރު ފާހަގަކުރެއްވި އެެވެ.
ވިލާ ކޮލެޖުން މަސައްކަތް ކުރަމުންދަނީ ހުރިހާ އަތޮޅެއްގައި ވެސް، އެ ކޮލެޖުގެ ކޯސްތައް ފެށުމަށް ކަމަށް އަންވަރު ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރު ނިމުމުގެ ކުރިން އެ އަމާޒަށް ވާސިލްވުމުގެ މަަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ 16 ސަރަހައްދެއްގައި އެ ކޮލެޖުގެ ކޯސްތައް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގއ. އަތޮޅު ކައުންސިލްގެ ރައީސް ފުއާދު ވިދާޅުވީ، ރަށުގައި ތިބެގެން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެވެމުން ދިއުމަކީ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށެވެ.
ވިލިނގިލީގައި ވިލާ ކޮލެޖުގެ ކޯސްތައް ފެށުމުގެ އެއްބަސްވުމުގައި އެ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު (ކ) އަދި ގއ. އަތޮޅު ކައުންސިލްގެ ރައީސް ފުއާދު ސޮއިކުރައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެއީ މުޅި އަތޮޅަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކޯސްތަކަކަށް ވުމުން، ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އެކޮމޮޑޭޝަން ކަންތައްތައް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭ ކެމްޕަހުގައި ކުރިއަށްގެންދާ ހުރިހާ ކޯހެއް ވެސް، ދަރިވަރުންގެ ތަރުހީބަށް ބަލާފައި އެ އަތޮޅުގައި ކުރިއަށްގެންދާނެ އެވެ. ބިޒްނަސް މެނޭޖްމަންޓާއި ޝަރީއާ އެންޑް ލޯ އަކީ މިހާރު އެންމެ ގިނަ ދަރިވަރުން އެދެމުން އަންނަ ކޯސްތައް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
މީގެ 10 އަހަރު ކުރިން އުފެއްދި ކޮލެޖުން އަންނަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑު (ޔޫޑަބްލިއުއީ)ގެ ޑިގްރީ އަދި މާސްޓާޒް ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ.
ވިލާ ކޮލެޖަށް 11 އަހަރު: ބޮޑެތި އުއްމީދުތަކެއް!
ވިލާ ކޮލެޖުން 99 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި
ވިލާ ކޮލެޖުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
ޑރ. އަންވަރު: ތައުލީމު ފެތުރުއްވުމުގައި ބައި ގަރުނު
ޔޫވީގެ ޕްރޮގްރާމްތަކުން 345 ދަރިވަރުން ދަސްވެނިވެއްޖެ
"ކޮންފަރެންސް އިން މުހިއްމު ކަންތައްތަކެއް އެނގިއްޖެ"
ވިލާ ކޮލެޖްގެ ދިރާސާއާ ބެހޭ ކޮންފަރެންސް މާދަމާ ފަށަނީ
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުން މިފަހަރު 22 ކުދިން