ވިލާ ކޮލެޖުގެ އަމާޒަކީ ދުނިޔޭގައި ނަން މަޝްހޫރު ޔުނިވާސިޓީއަކަށް ބަދަލުވެ އެތަނަށް ބޭރުގެ ދަރިވަރުން ވެސް ކިޔަވަން އަންނާނެ ތަނަކަށް ހެދުން ކަމަށް އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ރޭ ވިދާޅުވެއްޖެ އެވެ.
18 އޮކްޓޯބަރ 2018
ވިލާ ކޮލެޖުގެ އަމާޒަކީ ދުނިޔޭގައި ނަން މަޝްހޫރު ޔުނިވާސިޓީއަކަށް ބަދަލުވެ އެތަނަށް ބޭރުގެ ދަރިވަރުން ވެސް ކިޔަވަން އަންނާނެ ތަނަކަށް ހެދުން ކަމަށް އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ރޭ ވިދާޅުވެއްޖެ އެވެ.
އެ ކޮލެޖަށް 11 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތަށް ފަހު ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ މަތީ ތައުލީމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ފެންވަރު ރަނގަޅު އިލްމީ ޕްރޮގްރާމްތައް، ޑިގްރީ ފެންވަރަށް ކިޔަވައިދޭން ފަށާފައިވާ ކަމަށާއި މަތީ ތައުލީމު ފޯރުކޮށްދެމުން ދިޔަ ގޮތަށް ވަރަށް ބޮޑު ބަދަލުތަކެއް ވެސް ވިލާ ކޮލެޖުން ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންވަރު ވިދާޅުވި ގޮތުގައި ޑިގްރީ ޕްރޮގްރާމްތައް ފެށިއިރު އެ މަސައްކަތް ކުރީ ބޭރުގެ ޔުނިވާސިޓީތަކާ ގުޅިންނެވެ. އެގޮތަށް އެކަން ކުރީ ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީތަކުގައި މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ ގޮތް ރާއްޖެއަށް ތައާރަފުކޮށް އެގޮތަށް ކިޔަވައިދޭން ކަމަށް ވިދާޅުވި އެވެ.
"އެ ޕްރޮގްރާމްތައް ބޭރުގެ އެ ޔުނިވާސިޓީތަކާ އެއް ފެންވަރަށް ގެންދިއުމަށް މަސައްކަތްކުރަން. މާލޭގައި މީގެ ކުރިން ޑިގްރީއަށް ކިޔަވައިދެމުން އައީ. ވިލާ ކޮލެޖުން އަތޮޅުތަކުގައި ޑިގްރީއަށް ކިޔަވައިދޭން ފެށި. އޭގެ އިތުރުން މާސްޓާޒް ޑިގްރީ ވެސް އަތޮޅުތަކުގައި ކިޔަވައިދޭން ފެށުނު. އެކަން އަޅުގަނޑުމެން ތައާރަފުކުރިން،" ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އަންވަރު ވިދާޅުވި އެވެ.
ވިލާ ކޮލެޖަށް 11 އަހަރު ފުރުން ފާހަގަކުރަން އެ ކޮލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އެ ކޮލެޖު ޔުނިވާސިޓިއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އުއްމީދުގެ ހުވަފެނުގައި ވަރަށް އަވަހަށް ކުލަޖެހި، ޕީއެޗްޑީއަށް ވެސް ކިޔަވައިދޭން ފެށޭނެ ކަން އަންވަރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ޕީއެޗްޑީއަށް ކިޔަވައިދޭން ފަށަން އޮތް ހުރަހަކީ ޔުނިވާސޓީގެ ދަރަޖަ ނެތުން ކަމަށެވެ. ނަމަވެސް އެ ދަރަޖައާ އެކު ތައުލީމާއި ބިޒްނަސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ތައުލީމީ އެންމެ މައްޗަށް ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ،
"އަޅުގަނޑުމެންގެ މިހާރުގެ ތަސައްވުރަކީ ވިލާ ކޮލެޖު، ޔުނިވާސިޓީއަކަށް ބަދަލުވެ މިތަނުގެ ފެންވަރު، ދުނިޔޭގައި ނަންހުރި ޔުނިވާސިޓީތަކުގެ ފެންވަރަށް ގެންދެވި ބޭރު ގައުމުތަކުން ރާއްޖެއަށް ކިޔަވަން އަންނަ ދުވަހެއް. އެއީ ޔުނިވާސިޓީއަކަށް ބަދަލުވެގެން އަދި ޔުނިވާސިޓީގެ ކޮލެޓީ ލެވެލްގައި އަވަށްޓެރި ގައުމުތަކުގެ ޔުނިވާސިޓީ ފެންވަރަށް ދިއުމާ އެކީގައި އަޅުގަނޑުމެންނަށް އެ ފުރުސަތު ލިިބޭނެކަން ޔަގީންކުރަން،" ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަންވަރު ވިދާޅުވި އެވެ.
ވިލާ ކޮލެޖުން މިހާތަނަށް 5000 އަށް ވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓްވެފައިވެ އެވެ. މިހާރު ވެސް 3000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ އެ ކޮލެޖުގައި ތައުލީމު ހާސިލްކުރަމުންނެވެ.
ރޭގެ ރަސްމިއްޔާތުގައި، ވިލާ ކޮލެޖުގެ އެންމެ ރަނގަޅު ދެ މުވައްޒަފުން ހޮވައި އެމީހުންނަށް އެވޯޑު ދިނެވެ.
ވިލާ ކޮލެޖުން 99 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި
ވިލިނގިލީގައި ވިލާ ކޮލެޖުގެ ކޯސްތައް ފަށަނީ
ވިލާ ކޮލެޖުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
ޑރ. އަންވަރު: ތައުލީމު ފެތުރުއްވުމުގައި ބައި ގަރުނު
ޔޫވީގެ ޕްރޮގްރާމްތަކުން 345 ދަރިވަރުން ދަސްވެނިވެއްޖެ
"ކޮންފަރެންސް އިން މުހިއްމު ކަންތައްތަކެއް އެނގިއްޖެ"
ވިލާ ކޮލެޖްގެ ދިރާސާއާ ބެހޭ ކޮންފަރެންސް މާދަމާ ފަށަނީ
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުން މިފަހަރު 22 ކުދިން