ވިލާ ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށާ 99 ކޯހަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
16 އޮކްޓޯބަރ 2018
ވިލާ ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށާ 99 ކޯހަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރާއްޖޭގައި މަތީތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖުން ބުނީ، ޑިގްރީ އާއި މާސްޓާޒް އަދި ޕްރޮފެޝަނަލް ޕްރޮގްރާމްތަކަށް އަންނަ ޑިސެމްބަރު 27 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. ސެޓްފިކެޓް ލެވެލް 2 އަދި ސެޓްފިކެޓް ލެވެލް ތިނަކާއި ފައުންޑޭޝަންގެ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ 31 ވަނަ ދުވަހެވެ.
ކޯސްތައް އިއުލާން ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިއަސް، އޮންލައިންކޮށް ކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ކޯހަށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންލައިންކޮށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ވިލާއިން ކިޔަވައިދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުރެގެން ބޭރުގެ ފެންވަރު ރަނގަޅު ކޯސްތައް ކިޔެވުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
ވިލާގެ ހެޑް އޮފް ހެލްތު ސައިންސް ޑރ. އަސްމާ އިބްރާހިމް ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު ފެށި ނާސިންގެ ޑިގްރީ ކޯހަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެ ކޯހުގައި މިހާރު ވެސް 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު، މިހާރު ވެސް ވަރަށް ގިނަ ފޯމުތައް ހުށަހަޅާފައިވާކަމަށް ވިދާޅުވި އެވެ.
އަންނަ ޖެނުއަރީ މަހު ފަށާ ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ނާސިން، ހިއުމަން ރިސޯސް، ޝަރީއާ އަދި ލޯގެ ކޯސްތައް ހިމެނެ އެވެ. އެ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ވެސްޓް އޮފް އިންގްލޭންޑުގެ ކޯސްތައް ހިމެނެ އެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
ވިލާ ކޮލެޖަށް 11 އަހަރު: ބޮޑެތި އުއްމީދުތަކެއް!
ވިލިނގިލީގައި ވިލާ ކޮލެޖުގެ ކޯސްތައް ފަށަނީ
ވިލާ ކޮލެޖުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
ޑރ. އަންވަރު: ތައުލީމު ފެތުރުއްވުމުގައި ބައި ގަރުނު
ޔޫވީގެ ޕްރޮގްރާމްތަކުން 345 ދަރިވަރުން ދަސްވެނިވެއްޖެ
"ކޮންފަރެންސް އިން މުހިއްމު ކަންތައްތަކެއް އެނގިއްޖެ"
ވިލާ ކޮލެޖްގެ ދިރާސާއާ ބެހޭ ކޮންފަރެންސް މާދަމާ ފަށަނީ
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުން މިފަހަރު 22 ކުދިން