Roadha Mihaaru
"މަޖިލިސް މިނިވަންކަމާއެކު މަސައްކަތް ކުރެވެންޖެހޭނެ"

މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރެވޭނެ ގޮތް ހަދަން އެމެރިކާއިން ގޮވާލައިފި

24 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރެވޭނެ މާހައުލެއް ގާއިމްކުރަން އެމެރިކާ އިން ރާއްޖެ އަށް ގޮވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރެވޭނެ މާހައުލެއް ގާއިމްކުރަން އެމެރިކާ އިން ރާއްޖެ އަށް ގޮވާލައިފި އެވެ.

މަޖިލީހުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު އަތުލް ކެޝަޕް ދެއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ މަޖިލީހުގައި ހިނގަމުންދާ ކަންކަމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ. މިނިވަންކަމާ އެކު މަޖިލީހުުގެ މަސައްކަތްތައް ކުރެވުމަކީ ޑިމޮކްރަސީއެއްގައި މުހިންމު ކަމެއް ކަން ފާހަގަކޮށް، އަތޫލް ގޮވާލެއްވީ މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާ ސިފައިންގެ ހިމާޔަތުގައި ކުރިއަށް ގެންދަނީ.

މަޖިލީހުގެ އިއްޔެގެ ޖަލްސާ ސިފައިންގެ ހިމާޔަތުގައި ކުރިއަށް ގެންދަނީ.

ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރަން އެމެރިކާ އިން އަބަދުވެސް ދެމި އޮންނާނެ ކަމަށާއި ރާއްޖޭގެ ހަމަޖެހުމަށް އެމެރިކާއިން އަބަދުވެސް އެދޭ ކަމަށް ޓްވިޓާ މެދުވެރިކޮށް އަތޫލް ދެއްވި ސްޓޭޓްމަންޓްގައި ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ މެމްބަރުން ޖަލްސާއަށް ހުރަސް އަޅަމުންދާއިރު، އެ ހަމަނުޖެހުންތަކުގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ދެމެދުގައި ދަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ. މިއަދު ވެސް މަޖިލީހުގައި ވަނީ އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް ބިސް ޖަހައިފަ އެވެ.