Roadha Mihaaru
އެންމެ ގިނަ މީހުން ހައްޖަށް ދިޔައީ އިންޑޮނީޝިއާ އިން

ތާރީޚުގައި ވެސް އެންމެ ގިނަ މީހުން ހައްޖަށް ދިޔައީ އިންޑޮނީޝިއާ އިން

25 އޯގަސްޓް 2017

ޖިއްދާ (އޮގަސްޓް 25) - އިންޑޮނީޝިއާގެ 221،000 މީހުން މި އަހަރު ހައްޖަށް ދިޔަ ކަމަށާއި މިއީ ތާރީޚުގައި ވެސް އެއް ގައުމަކުން އެންމެ ގިނަ މީހުން ހައްޖަށް ދިޔަ ގައުމު ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖިއްދާ (އޮގަސްޓް 25) - އިންޑޮނީޝިއާގެ 221،000 މީހުން މި އަހަރު ހައްޖަށް ދިޔަ ކަމަށާއި މިއީ ތާރީޚުގައި ވެސް އެއް ގައުމަކުން އެންމެ ގިނަ މީހުން ހައްޖަށް ދިޔަ ގައުމު ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑޮނީޝިއާގެ ކޮންސުލް ޖެނެރަލް މުހައްމަދު ހެރީ ސަރީފުއްދީން ވިދާޅުވީ އިންޑޮނީޝިއާ އިން ހައްޖަށް ދިޔަ މީހުންނަށް އެހީވުމަށް 3،500 ސްޓާފުން ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 1،800 ޑޮކްޓަރުން ވެސް ހިމެނެ އެވެ.

ސަރީފުއްދީން ވަނީ އިންޑޮނީޝިއާ އަށް ހައްޖު ކޯޓާ އިތުރުކޮށް ދިނުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފަ އެވެ. މިދިޔަ އަހަރަށް ވުރެ މި އަހަރު އިންޑޮނީޝިއާ އިން ހައްޖަށް ދިޔަ މީހުންގެ އަދަދު ގާތްގަނޑަކަށް 50،000 އިތުރެވެ. މިދިޔަ އަހަރު އިންޑޮނީޝިއާ އިން ހައްޖުގެ އަޅުކަން އަދާކޮށްފައި ވަނީ 168،000 މީހުންނެވެ. ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް މި އަހަރުގެ މާޗު މަހު އިންޑޮނީޝިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ގައުމަށް ހައްޖު ކޯޓާ އިތުރުކޮށްދެއްވައިފަ އެވެ.

އިންޑޮނީޝިއާގެ ހައްޖުވެރިން ތިބުމަށް މައްކާ އިން ވަނީ 155 ހޮޓާ ކުއްޔަށް ހިފައިފަ އެވެ. އަދި ހައްޖާޖީންނަށް ކެއިންބުއިމުގެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ ހަ ކުންފުންޏަކާ ހަވާލުކޮށްފައި ކަމަށް ވެސް ސަރީފުއްދީން ވިދާޅުވި އެވެ.