Roadha Mihaaru
އީރާނުން ދަނީ ސީރިއާގައި މިސައިލް ހަދަމުން: އިޒްރޭލް

އީރާނުން ދަނީ ސީރިއާގައި މިސައިލް ފެކްޓަރީއެއް ހަދަމުން: އިޒްރޭލް

29 އޯގަސްޓް 2017

ތެލް އަވީވް (އޮގަސްޓް 29) - ސީރިއާ އާއި ލުބުނާނުގައި އީރާނުން މިސައިލް ފެކްޓަރީއެއް ހަދަމުންދާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެލް އަވީވް (އޮގަސްޓް 29) - ސީރިއާ އާއި ލުބުނާނުގައި އީރާނުން މިސައިލް ފެކްޓަރީއެއް ހަދަމުންދާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ގުދުސްގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސްއާ ބައްދަލު ކުރެއްވުމަށް ފަހު ނަތަންޔާހޫ ވިދާޅުވީ ސީރިއާގައި އީރާނުން އަސްކަރީ މަރުކަޒެއް ގާއިމް ކުރުމުގެ ބޭނުމަކީ އިޒްރޭލު ނައްތާލުމުގެ ޕްލޭނުގެ ދަށުން ކުރާ ކަމެއް ކަމަށެވެ.

އީރާނުން ސީރިއާގައި ހަދާ މިސައިލް ފެކްޓަރީއާ ގުޅޭ ތަފްސީލެއް ނަތަންޔާހޫ ނުދެއްވަ އެވެ. ނަމަވެސް އެއީ އިޒްރޭލަށް ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އިޒްރޭލުގެ ސެޓެލައިޓް ކުންފުނިން ބުނެފައި ވަނީ ތެހެރާނުގައި ހުރި މިސައިލް ފެކްޓަރީ އާއި ސީރިއާގައި ހަދާ ފެކްޓަރީ ވަރަށް އެއްގޮތް ކަމަށް.

އިޒްރޭލުގެ ސެޓެލައިޓް ކުންފުނިން ބުނެފައި ވަނީ ތެހެރާނުގައި ހުރި މިސައިލް ފެކްޓަރީ އާއި ސީރިއާގައި ހަދާ ފެކްޓަރީ ވަރަށް އެއްގޮތް ކަމަށް.

އިޒްރޭލުގެ ސެޓެލައިޓް ފޮޓޯ ކުންފުންޏެއް ކަމަށްވާ އިމޭޖްސެޓް އިންޓަނޭޝަނަލް އިން މީގެ ދެ ހަފުތާ ކުރިން ވަނީ ސީރިއާގެ ހުޅަނގު އުތުރުގައި ހަދަމުންދާ މިސައިލް ފެކްޓަރީއެއް ކަމަށް ބުނާ ތަނެއްގެ ފޮޓޯތައް އާއްމުކޮށްފަ އެވެ. އަދި އެ ތަން ހަދަމުންދަނީ އީރާނުގެ ބެލުމުގެ ދަށުން ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން އެއީ ތެހެރާނުގައި ހުންނަ މިސައިލް ފެކްޓަރީއާ ވަރަށް އެއްގޮތް ތަނެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން އީރާނުން ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ. އީރާނުން ކުރިން ވަނީ އިޒްރޭލް ނައްތާލާނެ ކަމަށް ބުނެފަ އެވެ.

އީރާނުން ދަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނަށް ތާއިދު ކުރަމުންނެވެ. އަދި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް ވެސް އީރާނުން ތާއީދު ކުރެ އެވެ.

މިއީ މިދިޔަ ޖެނުއަރީ މަހު ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގުޓަރޭޒް މެދުއިރުމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ހުޅަނގު އައްސޭރި އަށް ގުޓަރޭޒް މިއަދު ވަޑައިގެން ފަލަސްތީނުގެ ބޮޑު ވަޒީރު ރާމީ ހަމަދުﷲއާ ބައްދަލު ކުރައްވާނެ އެވެ. އަދި މާދަމާ ގާޒާ ސްޓްރިޕަށް ވަޑައިގަންނަވާނެ އެވެ.