Roadha Mihaaru
ސީރިއާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން  ހަމަލާދީފި

ސީރިއާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން މިސައިލް ހަމަލާދީފި

03 ޑިސެމްބަރ 2017

ދިމިޝްގު (ޑިސެމްބަރު 3) - ސީރިއާގެ ވެރިރަށް ދިމިޝްގުގެ ބޭރުގައިވާ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން މިސައިލް ހަމަލާދީފައިވާ ކަމަށް ސީރިއާގެ ރަސްމީ ޓީވީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ޑިސެމްބަރު 3) - ސީރިއާގެ ވެރިރަށް ދިމިޝްގުގެ ބޭރުގައިވާ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން މިސައިލް ހަމަލާދީފައިވާ ކަމަށް ސީރިއާގެ ރަސްމީ ޓީވީން ބުނެފި އެވެ.

އިޒްރޭލުން ފޮނުވާލި ދެ މިސައިލް އަށް ރައްދު ހަމަލާދީ ގޮއްވާލި ނަމަވެސް ބައެއް ގެއްލުންތައް ލިބުނު ކަމަށް ރަސްމީ ޓީވީން ބުންޏެވެ. ހަމަލާ ދިން ކަމަށް އިޒްރޭލް ސިފައިން ޔަގީންކޮށްދީފައެއް ނުވެ އެވެ.

އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ދިމިޝްގާ ކައިރި ސަރަހައްދަކުން އެއްޗެއް ގޮއްވާލާފައިވާ ކަމަށާއި އެއީ އިޒްރޭލުގެ މިސައިލް ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. ހަމަލާގައި ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ޓީވީން ނުބުނެ އެވެ. ނަމަވެސް ވައިގެ މަރުކަޒުގެ ބައެއް ތަކެއްޗަށް ގެއްލުން ލިބުނު ކަމަށް ވަނީ ބުނެފަ އެވެ.

އޮބްޒަވޭޓަރީގެ ޑިރެކްޓަރު ރާމީ އަބްދުލް ރަހުމާން އޭއެފްޕީ އަށް ވިދާޅުވީ މިސައިލް ހަމަލާގައި ހަތިޔާރު ރައްކާ ކުރާ ތަނަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ސީރިއާގައި ހަތިޔާރު ރައްކާކުރާ ބައެއް ތަންތަނަށް އިޒްރޭލުން މީގެ ކުރިން ވެސް ވަނީ ހަމަލާދީފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ އެއީ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދީފާނެތީ ދޭ ހަމަލާތަކެއް ކަމަށެވެ.