Roadha Mihaaru
ހުޅުމާލޭ އެކްސިޑެންޓާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި މީހަކު މަރުވި އެކްސިޑެންޓާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

03 ސެޕްޓެމްބަރ 2017

މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ބުދަ ދުވަހު ހަވީރު ހިނގި އެކްސިޑެންޓުގައި ތ. ތިމަރަފުށީ އިރަމާގޭ، އިބްރާހީމް ރަޝީދު އާދަމް، 62، މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، އޭޑީކޭ އަށް ގެންގޮސް ފަރުވާ ދެނިކޮށް ހުކުރު ދުވަހު އެވެ.

މި އެކްސިޑެންޓާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރި ނަމަވެސް އެ މީހުންނާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.

ހައްޔަރުކުރީ އެކްސިޑެންޓްވިއިރު ސައިކަލް ދުއްވަން އިން މީހާ ކަމެއް ވެސް ނޭނގެ އެވެ. ދެ މީހަކު ހައްޔަރު ކުރި އިރު، ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރަޝީދު އެކްސިޑެންޓްވީ ހަބީބު ބޭންކް ކުރިމަތީގައި އޭނާގެ ސައިކަލް ޕާކް ކުރަން އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ރަޝީދުގެ ސައިކަލްގައި ޖެހިގެންނެވެ.