05 ސެޕްޓެމްބަރ 2017
ރައްޔިތުން މަޖިލީހުގެ އެއްވެސް ދާއިރާއެއްގެ ބައިއިލެކްޝަނެއް ކުރިއަށް ގެންދާނަމަ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ އެއްވެސް ދާއިރާއެއްގެ ބައިއިލެކްޝަނެއް ކުރިއަށް ގެންދާނަމަ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ތިނަދޫ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި އިންތިޚާބުވި މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ)ގެ ގޮނޑި ގެއްލިޖެކަން އީސީން އިއުލާން ކުރުމާއެކު، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެން ކަމުން ބައިއިލެކްޝަނެއް ކުރިއަށް ގެންދާނަމަ އެ ކޮމިޝަންގެ މެމްބަރުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އީސީގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވި ގޮތުގައި އަބްދުﷲ ޕީޕީއެމްގެ ދަފުތަރުން ވަކިކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހަށް މިއަދު އަންގާފައިވާ ކަމަށެވެ.
އަބްދުﷲގެ އިތުރުން ޕީޕީއެމުން ވަކިކުރުމާ ގުޅިގެން ގޮނޑި ގެއްލުނު ކަމަށް އެ ކޮމިޝަނުން މިހާތަނަށް ނިންމާފައިވަނީ ހަ ދާއިރާއެއްގެ ގޮނޑިި އެވެ. އެއީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނެވެ. މި ދާއިރާތަކުގެ ބަައިއިލެކްޝަނަށް އީސީން ދަނީ ތައްޔާރުވަމުންނެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ކަނޑައެޅުމުން ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ މެމްބަރު ކަމުގެ ގޮނޑިއާ ބެހޭ ގޮތުން ހުކުމަކާއި އަމުރެއް ނެރެފައިވާނެ ކަމަށާއި އެހެންވެ އެ ހުކުމް ނެރުމާ ހަމައަށް އެއްވެސް މެމްބަރެއްގެ މެމްބަރު ކަމާ ދޭތެރޭ ސުވާލެއް އުފެދޭނެ ޖާގައެއް ނެތުމުން، އެ މައްސަލައިގައި އެ ކޯޓުން އިތުރު ނިންމުމެއް ނިންމަން ނުޖެހޭ ކަމަށެވެ.
ނަމަވެސް، ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމާފައި އާންމުކުރި ބަޔާނުގައި، ގޮނޑި ގެއްލިފައިވާ ކަން ނުވަތަ ނުގެއްލޭ ކަން ވެސް ސީދާ ކަނޑައެޅިގެން ބުނެފައެއް ނުވެ އެވެ. އަދި އެ ދާއިރާގެ ގޮނޑިތައް ހުސްވެއްޖެ ކަމަށް ސަރުކާރުން ބުނާއިރު، އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ގޮނޑިތައް ނުގެއްލޭ ކަމަށެވެ.
ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަނީ
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
ނަޝީދު މިނިވަން ކުރުމުގެ ގަރާރު ފާސްކޮށްފި
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމަކާ ހިސާބަށް
މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި
އިންތިހާބު ބާއްވަނީ ހަމަނުޖެހުންތަކަށް މަގުފަހިވާ ގޮތަށް