ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާގެ ކަންކަމުގައި، ސަރުކާރުގެ ނުބައި ނިޔަތެއް ނެތް ކަން މިހާރު ސާފުވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
07 ސެޕްޓެމްބަރ 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާގެ ކަންކަމުގައި، ސަރުކާރުގެ ނުބައި ނިޔަތެއް ނެތް ކަން މިހާރު ސާފުވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހިތުގެ ބައްޔަކަށް އައިޖީއެމްޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ގާސިމް އިތުރު ފަރުވާއަށް ރޭ ވަނީ ސިންގަޕޫރަށް ފުރުވާލައިފަ އެވެ. ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމަށް، ބޭރުން ފަރުވާ ހޯދަން ދިނީ 10 ދުވަހެވެ.
އެކަމަކު ގާސިމަށް ފުރޭ ގޮތް ހަދައިދިނީ އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ. އަދި އޭނާގެ ބައެއް ޓެސްޓްތައް ބޭރުން ހަދަން ޖެހޭ ކަމަށް އެތައް ޑޮކްޓަރުންނެއް އެކި ފަހަރު މަތިން ލަފާ ވެސް ދިނެވެ.
އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން، ގާސިމަށް ހުކުމް އިއްވީ ވެސް، ސިއްހީ ހާލަތު ގޯސްވެ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އޮއްވަ އެވެ. ގާސިމްގެ ޓެސްޓުތަކެއް ހަދަން ސިންގަޕޫރަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ދިނީ، ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތަށް، އޭނާ ބޭސްފަރުވާ އަށް ނުފޮނުވައި ލަސްކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން އޭނާގެ ގާނޫނީ ވަކީލުންނާ އެއާޕޯޓްގައި ވާހަކަ ދައްކަވަނީ.
ހޯމް މިނިސްޓަރު އަޒުލީން "މިހާރު" އަށް ވިދާޅުވީ ހަގީގަތާ ޚިލާފު ތުހުމަތުތަކެއް ސަރުކާރަށް ކުރަމުންދިޔަ ނަމަވެސް މުއައްސަސާތަކުން މަސައްކަތް ކުރީ ވީހާވެސް އަވަހަކަށް ގާސިމް ފުރުވާލަން ކަމަށެވެ. އެކަމުގައި ސަރުކާރުން ގަސްތުގައި ލަސްކޮށްފައި ނުވާނެ ކަމަށާއި ގާސިމް ފުރުވާލީ އިޖުރާއަތުތައް ފުރިހަމަކޮށް، އިންތިޒާމްތައް ހަމަޖެހުމާ އެކު ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ބެލީ، ގާސިމް އޮންނެވި ހާލަތުން އޭނާ އަށް ވެސް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ގޮތަކަށް ކަންކަން ނިންމަން. އެ އިންތިޒާމްތައް ހަމަޖައްސަން ވަގުތުކޮޅެއް ނެގީ. އެކަމަށް ސަރުކާރުން މަސައްކަތް ކުރީ އިޚްލާސްތެރިކަމާ އެކު. --އަޒްލީން
މިނިސްޓަރު ވިދާޅުވި ގޮތުގައި ގާސިމަށް ވެސް ޖިނާއީ ހުކުމެއް އިއްވުމުން، މުއައްސަސާތަކުން އަމަލުކުރަން ޖެހެނީ ހަމަޖެހިފައި އޮންނަ އުސޫލްތަކުގެ ތެރެއިން ކަން އެންމެން ވެސް ގަބޫލުކުރަން ޖެހެ އެވެ. ގާސިމް ފަރުވާ އަށް ފޮނުވުމުގައި ސަރުކާރުގެ ވިސްނުން ގެންގުޅުނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ގާސިމްގެ ބަލި ހާލަތަށް ވެސް ބަލައި ވީހާވެސް ފުރިހަމައަށް އިންތިޒާމްތައް ހަމަޖެއްސުމަށެވެ.
"ސަރުކާރުން ބެލީ، ގާސިމް އޮންނެވި ހާލަތުން އޭނާ އަށް ވެސް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ގޮތަކަށް ކަންކަން ނިންމަން. އެ އިންތިޒާމްތައް ހަމަޖައްސަން ވަގުތުކޮޅެއް ނެގީ. އެކަމަށް ސަރުކާރުން މަސައްކަތް ކުރީ އިހްލާސްތެރިކަމާ އެކު. ސަރުކާރުގެ ނުބައި ނިޔަތެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ ގާސިމްގެ ހާލު ރައީސް އަބްދުﷲ ޔާމީން ވެސް ގެންދެވީ ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ. އޭނާ އަށް ދެވެން އޮތް ފަރުވާ އެންމެ އަވަހަކަށް، އެންމެ ފުރިހަމައަށް ލިބޭނެ އިންތިޒާމް ހަމަޖައްސަން ރައީސް ބާރުއެޅުއްވި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާސިމް ސިންގަޕޫރަށް ފޮނުވާލީ ވެސް އެންމެ ރަނގަޅު ފަރުވާ އެތަނުން ލިބޭނެ ކަން ކަށަވަރުވުމުންނެވެ. ގާސިމް ހަދަން ޖެހޭ އީޕީއެސް ޓެސްޓު ހެދެނީ ކޮންމެ 10 ކެތު ލެބަކުން އެއް ލެބެއްގައި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް މެދު ކެތު ލެބެއްގައި ހެދޭ ޓެސްޓެއް އެއީ. ފެންވަރުގެ ގޮތުން ބަލާއިރު ސިންގަޕޫރަކީ އެ ޓެސްޓު ހެދޭނެ ތަނަކަށް ވާތީވެ، އެ ގައުމަށް އެމަނިކުފާނު ފޮނުވީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ރޭ އެއާޕޯޓަށް ގެންދަން، އައިޖީއެމްއެޗުން ނެރެނީ
އަޒްލީން ވިދާޅުވީ ގާސިމް ބޭރަށް ފޮނުވަން ސަރުކާރުން ގަސްތުގައި ހުރަސްއަޅަމުންދާ ކަމަށް ނުބައި ވާހަކަތަކެއް ސިޔާސީ ފަރާތްތަކުން ވަނީ ފަތުރައިފައި ކަމަށެވެ. އެކަމަކު، ސަރުކާރުން ގާސިމްގެ ފަރުވާގެ ކަންކަމާ މެދު އެއްވެސް އިހުމާލުވުމެއް ނެތް ކަން އޭނާގެ އާއިލާ އިން ގަބޫލުކުރާނެ ކަމަށް ވިދާޅުވި އެވެ.
"އާއިލާ އިން ބޭރުން، ސިޔާސީ ފަރާތްތަކަކުން އެފަދަ ވާހަކަތަކެއް ދެއްކީ މީހުންގެ ހިތްތަކުގައި ނަފްރަތު އުފައްދަން. ހަގީގަތުގައި ގާސިމް ފުރުވާލެވޭނީ މިވެނި ދުވަހަކު ކަން ސަރުކާރުން ހާމަނުކުރީ، މެޑިކަލް ބޯޑު ބޭއްވުމާއި ލިޔެކިޔުންތައް ފުރިހަމަތޯ ބެލުމާއި އެންމެ ރަނގަޅު ފަރުވާ ލިބޭނެ ގޮތްތަކަކީ ބެލުމަށް،" އަޒްލީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އުއްމީދުކުރަނީ ދިން މުއްދަތުގެ ތެރޭގައި ގާސިމް ފަރުވާ ފުރިހަމަކުރައްވައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ގޭބަންދުގައި ހުކުމް ތަންފީޒުކުރާ ގޮތަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ނިންމައިފަ އެވެ. އެއީ ބަލި ހާލަތާ ހެދި ވަގުތީ ގޮތުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ނިންމުމާ މެދު އަމަލުކުރާނެ ގޮތެއް އެނގޭނީ ފަރުވާ އަށް ފަހު ގާސިމް ވަޑައިގެންނެވުމުން ކަމަށެވެ.
"ސަރުކާރުން އެދެނީ ގާސިމަށް އަވަސް ޝިފާއެއް، އަޅުގަނޑުމެން އުއްމީދުކުރަނީ ފަރުވާ ފުރިހަމަކުރައްވައި އިޚްލާސްތެރިކަމާ އެކު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް،" އަޒްލީން ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކްރިމިނަލް ކޯޓުގެ ހުކުމުގައި ވާ ބައި ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް އަދިއެއް ނުފަށަ އެވެ.
ޖޭޕީގެ ކައުންސިލް މެމްބަރުން އަޒްލީނާ ބައްދަލުކޮށްފި
"ގައުމު މި ހާލަތަށް ވައްޓާލީ ކުރީގެ ސަރުކާރުތަކުން"
ޖޭޕީގެ އެސްޖީގެ މަގާމަށް އަޒްލީން އައްޔަނުކޮށްފި
ޖޭޕީގެ ސްލޮޓްތަކުން މީހުން ވަކިކުރުމުގެ ނިންމުމެއް ނެތް
ވެރިކަމާ ތަޅާފޮޅަން އަދި މާ އަވަސް: ގާސިމް
އެއްބަސްވިގޮތް ނުވިޔަސް ކޯލިޝަންގައި ތިބޭނަން: ގާސިމް
ރައީސް އިސްކަންދެއްވީ ހާލަތުން އަރައިގަނެވޭނެ ބޭފުޅަކަށް
އެމްޑީޕީ ނުކުންނާނެ ގޮތް އަވަހަށް ނިންމަންޖެހޭ: އާޒިމް
އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖޭޕީގެ މެމްބަރުން ގޮވަނީ
އަމިއްލަ އެދުމެއް ނެތް، އެކަމަކު ލިބެނީ ބޮނޑި:ގާސިމް