އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ އިންތިޒާމުތައް އަވަހަށް ހަމަޖައްސައިދިނުމަށް އެދި ހޯމް މިނިސްޓަރުު އަޒްލީން އަހުމަދާ، އެ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން މިއަދު ބައްދަލުކުރައްވައިފި އެވެ.
29 އޯގަސްޓް 2017
އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ އިންތިޒާމުތައް އަވަހަށް ހަމަޖައްސައިދިނުމަށް އެދި ހޯމް މިނިސްޓަރުު އަޒްލީން އަހުމަދާ، އެ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން މިއަދު ބައްދަލުކުރައްވައިފި އެވެ.
ގާސިމް މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓްކުރީ، އެ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ ފަހު އަޑުއެހުމުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުންނެވެ. ރިޝްވަތުގެ ކުށުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ، އެޑްމިޓްކޮށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެެވެ.
އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވަށްފަހު ނޫސްވެރިންނާ ވާހަަކަދައްކަވަމުން ޖުމްހޫރީ ޕާޓިގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ފަރުވާ އަށް ގާސިިމް ބޭރަށް ވަޑައިގަތުމުގެ ހުރިހާ އިންތިޒާމެއް ވީހާ ވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވި ކަމަށް ސަމީރު ފާހަގަކުރެއްވި އެވެ.
ސަމީރު ވިދާޅުވީ ވީހާ ވެސް އަވަހަކަށް ގާސިމް ބޭރަށް ވަޑައިގެންނެވޭކަމުގެ އުއްމީދު، އެ ދެ ގަޑިއިރުގެ ބައްދަލުވުމުން ލިބިފައިވާ ކަމަށެވެ.
އެހެން ގައިދީންނާ އެއް ހަމައެއްގައި ގާސިމްގެ ބޭސްފަރުވާގެ ކަންތައްތައް ހަަަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އަޒްލީން ދެއްވާފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
"ހޯމް މިނިސްޓަރުގެ ސީދާ ބެއްލެވުމުގެ ދަށުން މިކަން ކުރިއަށް ގެންދަވާއިރު އިތުރަށް ލަހެއް ނުވާނެ ކަމަށް ދެކެނީ... އެކަމަކު އެ ބޭފުޅުން އެ އުއްމީދު ދެއްވީމަ ދަންނަވާލަން ބޭނުންވަނީ ގާސިމްގެ ބޭސްފަރުވާ އަށް އާ އުއްމީދަކާ އެކު ކުރިއަށް ދިއުމުގެ ހިތްވަރު ލިބިގެންދާނެ ކަމަށް،" ސަމީރު ވިދާޅުވި އެެވެ.
ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން ހޯމް މިނިސްޓަރު އަޒްލީނާއި ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވެސް ވަނީ ރޭ ގާސިމާ ބައްދަލުކުރައްވައިފަ އެެވެ. އަދި އެ ބައްދަލުވުމުގައި ރައީސަށް ހާއްސަ މެސެޖެއް ދެއްވުމަށް ގާސިމް އެދިވަޑައިގެންނެވި ކަމަށް އަޒްލީން ވިދާޅުވި އެވެ.
މިނިސްޓަރު މިއަދު ވިދާޅުވީ ގާސިމް ފުރުވާލުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ނުދީ ލަސްވަނީ ކޯރަމް ހަމަނުވެގެންނެވެ. އެކަމަކު އެ ބޯޑުގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރުވާލުމަށް ޑޮކްޓަރުން ލަފާދެއްވައި، އެކަން އެގޮތަށް ކުރުމަށް ކޯޓު ހުކުމުގައި ވެސް ވަނީ އަމުރުކޮށްފަ އެވެ.
ގާސިމާ މެދު ނުބައި ނިޔަތެއް ނެތްކަން ސާފު: އަޒްލީން
ރައީސްގެ މަންދޫބެއްގެ ގޮތުން އަޒްލީން، ގާސިމް އަރިހަށް
ޖޭޕީގެ އެސްޖީގެ މަގާމަށް އަޒްލީން އައްޔަނުކޮށްފި
ޖޭޕީ މެމްބަރުން ގެންދާތީ ގާސިމްގެ ނުރުހުން ސަމީރަށް
ޖޭޕީ ވަކިން ވާދަކުރާތީ ސަމީރު އިސްތިއުފާ ދެއްވައިފި
އެލްޖީއޭ އިން އުޅުނީ ސިޔާސީ ނިޒާމު ނައްތާލަން: ކޮމިޓީ
"ޒުވާނުން" ޓެގް އެޅުވުމުގެ ބޭނުމެއް ނެތް: މިނިސްޓަރު
ޖޭޕީން ރަނިންމޭޓަކު ކަނޑައެޅުން އަންނަ އަންގާރަ ދުވަހު
ޖޭޕީގެ ނައިބު ރައީސަކަށް ޑރ. މައުސޫމް
ޖޭޕީގެ ކޮންގްރެސްގައި 400 މީހުން ބައިވެރިވާނެ