Roadha Mihaaru
މިހާރުގެ ރެސިޕީ: ރިހަ ފަތުފޮޅި

މިހާރުގެ ރެސިޕީ: ރިހަ ފަތުފޮޅި

01 ޖުލައި 2016

ފުދޭނީ : ފަސް މީހުންނަށް

ފާތިމަތު ޚުރުޝިދާ ފާތިމަތު ޚުރުޝިދާ

ފުދޭނީ : ފަސް މީހުންނަށް

ފިހެން ނަގާ ވަގުތު : އެއް ގަޑިއިރު

ބޭނުންވާ ތަކެތި

1 ޖޯޑު ހަނޑޫ (ރާޅުކޮށް މުގުރި)

½1 ޖޯޑު ހޫނު ފެން

1 ޖޯޑު ކާށިހުނި

1 ފިޔާ (ބޮޑު، ތުނިކޮށް ކޮށައިފައި)

1 ޖޯޑު ވަޅޯމަސް (ތުނިކޮށް ކޮށައިފައި)

⅓ ސައިސަމުސާ އިނގުރު (ގާނައިފައި)

⅓ ސައިސަމުސާ ފިޝް ސޯސް

2 މޭޒުމަތީސަމުސާ ގޮދަންފުށް

1 ހިކަނދިފަތް (ކޮށައިފައި)

ގިތެޔޮމިރުސް (ކޮށައިފައި)، ރީނދޫ (ކުލަހިފާ ވަރަށް)، ލުނބޯހުތް (ރަހަލާ ވަރަށް)

އެއް ޖޯޑު ބައި ހޫނު ފެނުގެ ތެރެއަށް ހަނޑޫކޮޅު އަޅައިފައި 20 މިނެއްޓު ވަންދެން ބެހެއްޓުން.

ހަދާނެ ގޮތް

ފިޔާ، އިނގުރު، މިރުސް، ހިކަނދިފަތް، ލުނބޯހުތް އެއްކޮށްގެން ރަނގަޅަށް މޮޑުން. ހުނި އަޅައިފައި އެއްކުރުމަށް ފަހު ވަޅޯމަސް އެޅުން. ރަނގަޅަށް މޮޑެލައިފައި ހަނޑުލާއި ގޮދަންފުށް އެޅުން. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށް މޮޑެލައިފައި، ފިޝް ސޯސް، ރީނދޫ އެޅުމަށް ފަހު ލޮނު ހެޔޮވަރު ކުރުން. ބޭނުންވާ ސައިޒަކަށް ގުޅަޖަހައިފައި ކުޑަކޮށް ފަތާކޮށްލުން. ތަބަކުގައި ތެޔޮފޮދެއް ހާކައިފައި ގުޅަތައް އަތުރައިލައިފައި ފިހެލުން. ރޯ ކެޔޮފަތްކޮޅެއް ތަބަކުގައި ފަތުރައިފައި، އޭގައި ތެޔޮފޮދެއް ހާކައިފައި، އޭގެ މަތީގައި ގުޅަތައް އަތުރައިފައި ފިހުނީމައި މީގެ ރަހަ ބޮޑަށް މީރުވާނެ.

ކަރަންޓު އަވަން 250 ޑިގްރީގައި ބަހައްޓައިގެން އެއް ގަޑިއިރު ތެރޭގައި ފިހެވޭނެ.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.