Roadha Mihaaru
މިހާރުގެ ރެސިޕީ: ހުނިހަކުރު (ސްޓީމް ކޮށްފައި)

މިހާރުގެ ރެސިޕީ: ހުނިހަކުރު (ސްޓީމް ކޮށްފައި)

04 ޖުލައި 2016

1 ޖޯޑު ޅަ ގަބުޅީގެ ހުނި (މިކްސްޗަރުން ފުނޑާފައި)

ފާތިމަތު ޚުރުޝިދާ ފާތިމަތު ޚުރުޝިދާ

ބޭނުންވާ ތަކެތި

1 ޖޯޑު ޅަ ގަބުޅީގެ ހުނި (މިކްސްޗަރުން ފުނޑާފައި)

1 ޖޯޑު ހަކުރު

1 ޖޯޑު ފުށް

ރާނބާފަތް

ހުނިހަކުރު ހަދާ ގޮތް

މިކްސްޗަރު ކޮށްފައި ހުރި ގަބުޅި ހުންޏަށް، ހަކުރު އެޅުން. އަދި ރާނބާފަތްކޮޅެއް ލައިގެން މަޑު ގިނީގައި ކެއްކުން. ރީއްޗަށް ހަކުރުތައް ވިރުމަށް ފަހު، ކުޑަކޮށް ހިކިލީމައި އުންދުންމަތިން ބޭލުން. (ބޭލުމަށް ފަހު، ބޭނުން ނަމަ، 1 ސައިސަމުސާ ފިނިފެން އެޅިދާނެ)

ރޮށި ފިހާ ގޮތަށް 1 ޖޯޑު ފުށް މޮޑެފައި، ކުދިކޮށް ގުޅަ ހަދާފައި، ގުޅަތައް ދަމާފައި، އެތެރެއަށް ހުނިހަކުރު އެޅުމަށް ފަހު، ޕެޓީސް ބަންދު ކުރާ ގޮތަށް ބަންދު ކުރުން. ސްޓީމްކުރާ އެތީގެ ފެނަށް ރާނބާފަތްކޮޅެއް ލައިގެން ހުނިހަކުރު ސްޓީމްކުރުން.

ތެއްލައިގެން ނުވަތަ ފިހެގެން ވެސް މި ހުނިހަކުރު ތައްޔާރު ކުރެވޭނެ.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.