Roadha Mihaaru
އެމްއެފްއޭ ފިލްމް އެވޯޑްސް ނުބޭއްވި އަހަރު ނިމެނީ

އެމްއެފްއޭ ފިލްމް އެވޯޑްސް މި އަހަރު ވެސް ނުބޭއްވި އަހަރު ނިމެނީ

14 ސެޕްޓެމްބަރ 2017

ދެހާސް ސާދަ އާއި ދެހާސް ފަނަރާގައި ރިލީޒް ކުރި ފިލްމްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ފިލްމް އެވޯޑްސް މިދިޔަ އަހަރު ބާއްވަން ކުރިން ނިންމުމަށް ފަހު، މި އަހަރަށް އެވޯޑް ހަފުލާ ފަސްކުރި ނަމަވެސް، އަހަރު ނިމެން ކައިރިވާއިރު ވެސް، އެވޯޑް ހަފުލާ ނުބޭއްވޭތީ ފިލްމީ ދާއިރާގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ސާދަ އާއި ދެހާސް ފަނަރާގައި ރިލީޒް ކުރި ފިލްމްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ފިލްމް އެވޯޑްސް މިދިޔަ އަހަރު ބާއްވަން ކުރިން ނިންމުމަށް ފަހު، މި އަހަރަށް އެވޯޑް ހަފުލާ ފަސްކުރި ނަމަވެސް، އަހަރު ނިމެން ކައިރިވާއިރު ވެސް، އެވޯޑް ހަފުލާ ނުބޭއްވޭތީ ފިލްމީ ދާއިރާގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އެވޯޑް ހަފުލާ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ބާއްވަން އެމްއެފްއޭ އިން ވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމާ އެކު ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއި ވެސްކޮށް ފަ އެވެ.

ކުރިން އަޑު އަރާފައި އޮތީ އެސޯސިއޭޝަންގެ ބައެއް މެމްބަރުން މިދިޔަ އަހަރު އިސްތިއުފާ ދީފައިވާތީ މެމްބަރުން ހަމަނުވާތީ، އެމްއެފްއޭ އިން ރޭވިކަންކަން ކުރިއަށް ގެންދަން ހުރަސް އެޅިފައި އޮތީ ކަމަށެވެ. ނަމަވެސް ހުސްވި މަގާމުތަކަށް ޖެނުއަރީ މަހުގެ ތެރޭގައި މެމްބަރުން ވަނީ ހޮވައިފަ އެވެ.

MFA award October mahu baavvanee

MFA award October mahu baavvanee

The most trusted news source in the Maldives

Mihaaru

އެމްއެފްއޭ އާއި ޕީއެސްއެމުން އެވޯޑް ބާއްވަން އެއްބަސްވެފައިވޭ.

އެމްއެފްއޭގެ ވައިސް ޗެއާޕާސަނަކަށް ހޮވުނު އަބްދުﷲ މުއާޒް (މުއާ) އެޕްރީލް މަހު ވިދާޅުވީ ރޯދައިގެ ފަހުން އެވޯޑް ހަފުލާ ވަރަށް ކުލަގަދަކޮށް ބާއްވާނެ ކަމަށެވެ. އަދި މި އަހަރު އެވޯޑް ހަފުލާ ބާއްވާނީ 2014، 2015 އަދި 2016 ގައި ރިލީޒް ކުރި ފިލްމްތަކަށް ހާއްސަކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް އެވޯޑް ހަފުލާ ނުބޭއްވި ދިގުލަމުންދާތީ މިކަމާ ބެހޭ ގޮތުން މުއާގެ ބަހެއް ހޯދަން ގުޅުމުން ފޯނު ނުނަގަންވައި، މެސެޖަކުން ވިދާޅުވީ "އަދި އަހަރު ނުނިމޭ" ކަމަށެވެ. އަދި ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

MFA film awards roadhaige fahun baavvan nimmaifi

MFA film awards roadhaige fahun baavvan nimmaifi

The most trusted news source in the Maldives

Mihaaru

އެވޯޑާ ބެހޭ ގޮތުން އެޕްރީލް މަހު މުއާ ދިން އިންޓަވިއު.

ގައުމީ އެވޯސްގެ އިތުރުން ފިލްމީ ދާއިރާގައި ދެވޭ އެންމެ ހާއްސަ އެއް އެވޯޑަކީ އެމްއެފްއޭ ފިލްމް އެވޯޑްސް އެވެ. އަދި އެ ހަފުލާއަކީ މުޅި ފިލްމީ ދާއިރާ ވަރަށް ބޮޑަށް އިންތިޒާރު ވެސް ކުރާ ހަފުލާއެކެވެ. އެކަމަކު އެވޯޑްސް ނުބޭއްވޭތީ ފަންނާނުންގެ ކަންބޮޑުވުންތައް ގިނަ އެވެ.

އެމްއެފްއޭގެ ޗެއާޕަސަނަކަށް ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.

އެމްއެފްއޭ އެވޯޑްސް ބޭއްވޭނެ ދުވަހެއް ނޭނގުމެއްގެ ތެރޭގައި އޮތް އިރު، ފާއިތުވި ތިން އަހަރު ޖުމްލަ 17 ފިލްމް ރިލީޒްވެފައިވެ އެވެ.

2016 ގައި ރިލީޒް ކުރި ފިލްމްތައް:

1. އެ ރެއަށް ފަހު، 2. ނޭނގި ޔާރު ވަކިވީ، 3، ވާށޭ މަށާއެކީ، 4. ވަފާތެރި ކެހިވެރިޔާ، 5. ހާދަރު، 6. 4426، 7. ވީ ބޭވަފާ، 8. ބައިވެރިޔާ

2015 ގައި ރިލީޒްވި ފިލްމްތައް:

1. ރަންދަރި، 2. މިކޮއެ ބައްޕަ ބައޭބައޭ، 3. އެންމެ ފަހު ވިންދާ ޖެހެންދެން، 4. އަހްޝަމް

2014 ގައި ރިލީޒް ކުރި ފިލްމްތައް:

1. ހުޅުދާން، 2. 24 ގަޑި އިރު، 3. އާދޭސް، 4. އިންސާނާ، 5. އަނިޔާ

އެމްއެފްއޭ ފިލްމް އެވޯޑް އެންމެ ފަހުން ބޭއްވީ 2014 ގަ އެވެ. އެ އަހަރު ހަ ފީޗާ ފިލްމެއް އެވޯޑަށް ވާދަ ކުރި އެވެ.