Roadha Mihaaru
ޕާޓީތަކުގެ ދަރަނި ބަޖެޓުން ކަނޑާލާ އިސްލާހު ބޭރުކޮށްފި

ޕާޓީތަކުން ނުދައްކާ ދަރަނިތައް ބަޖެޓުން ކަނޑާލެވޭ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި

11 ޑިސެމްބަރ 2018

ސިޔާސީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަންޏެއް ނުދައްކާ ނަމަ، އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އިން ދަރަނި ކަނޑާލެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަންޏެއް ނުދައްކާ ނަމަ، އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އިން ދަރަނި ކަނޑާލެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައި ނުގަނެ، ބޭރުކޮށްލީ 37 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ބަލައިގަންނަން ވޯޓު ދެއްވީ 17 މެމްބަރުންނެވެ.

ބިލްގައި ވަނީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަންޏެއް ނުދައްކާ ނަމަ، ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައުލަތުގެ ބަޖެޓުން އުނި ކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓުގެ ފައިސާ ސިޔާސީ ޕާޓީތަކަށް ޚާއްސަ ކުރަންޖެހޭ ކަމަށެވެ.

ބިލްގައި ވަނީ ޕާޓީތަކުން އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް އެއްވެސް މިންވަރަކަށް ފައިސާ މަދުވާ ނަމަ، އެ މަދުވާ އަދަދެއްގެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލާނީ އެ ދަރަނީގެ މުއާމަލާތް ހިންގިއިރު، ޕާޓީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ތިބި މީހުން ކަމަށެވެ.

އިސްލާހުގައި ވަނީ ޕާޓީ އުވާލި ކަމުގައިވިޔަސް، ޕާޓީގެ ނަމުގައި މިލްކުކޮށްފައިވާ މުދަލާއި ތަކެތި ވިއްކާލައިގެން ލިބޭ ފައިސާ އަކީ ދަރަނި އަދާކުރެވޭ އަދަދެއް ކަމުގައި ނުވާނަމަ، އެ ދަރަންޏެއް އަދާކުރުމުގެ ޒިންމާ އެ ދަރަނީގެ މުއާމަލާތް ހިންގިއިރު، ޕާޓީ ހިންގަން ތިބި މީހުން އުފުލަން ޖެހޭނެ ކަމަށެވެ.

ޕާޓީ ހިންގުމުގައި އާއި ޕާޓީން ހިންގާ އެއްވެސް ހަރަކާތަކާ ގުޅިގެން މާލީ އަދި ޖިނާއީ އިލްތިޒާމެއް އުފުލަން ޖެހޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެފަދަ އެންމެހައި ޒިންމާއެއް އުފުލަން ވާނީ އެފަދަ ކަމެއް މެދުވެރިވުމުގެ ސަބަބު އުފަންވިއިރު، ޕާޓީ ހިންގަން ތިބި މީހުން ކަމަށް އިސްލާހުގައިވެ އެވެ.