Roadha Mihaaru
އިނގިރޭސި ބޮޑު ވަޒީރުކަމުގެ ރޭހަށް ދެ ބޭފުޅަކު

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަން ހޯދުމުގެ ރޭހަށް ދެ ބޭފުޅަކު ނުކުންނަވައިފި

30 ޖޫން 2016

ލަންޑަން (ޖޫން 30) - އިނގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީގެ ލީޑަރު ކަމާއި ބޮޑު ވަޒީރުކަން ހޯދުމުގެ ރޭހަށް ދެ ބޭފުޅަކު ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖޫން 30) - އިނގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީގެ ލީޑަރު ކަމާއި ބޮޑު ވަޒީރުކަން ހޯދުމުގެ ރޭހަށް ދެ ބޭފުޅަކު ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ.

ލަންޑަނުގެ ކުރީގެ މޭޔަރު ބޮރިސް ޖޯންސަން އާއި ހޯމް ސެކްރެޓަރީ ތެރެސާ މެއި ގެ ކެންޑިޑެސީ ވަރަށް އަވަހަށް އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދެ ބޭފުޅުންގެ އިތުރުން ވެސް ބައެއް މީހުން ވަނީ ބޮޑު ވަޒީރުކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ މިނިސްޓަރު ލިއާމް ފޮކްސް އާއި ވޯކް އެންޑް ޕެންޝަން ސެކްރެޓަރީ ސްޓެފަން ކްރެކް ހިމެނެ އެވެ.

ޑޭވިޑް ކެމަރަންގެ ބަދަލުގައި ބޮޑު ވަޒީރުކަމަށް ބޭފުޅަކު ހޮވާނީ ސެޕްޓެމްބަރު މަހު އެވެ. ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަން 10 އަހަރު އަދި މެއި، 2010 އިން ފެށިގެން ބޮޑު ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ކެމަރަން މަގާމުން ވަކިވެވަޑައިގަންނަވަނީ އިނގިރޭސި ވިލާތް އީޔޫ އިން ވަކިވާން ރައްޔިތުން ނިންމުމާ ގުޅިގެންނެވެ. ކެމަރަން ވިދާޅުވެފައި ވަނީ އީޔޫ އިން އިނގިރޭސި ވިލާތް ވަކިވުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދާން ޖެހޭނީ އާ ލީޑަޝިޕުގެ ދަށުން ކަމަށެވެ.

ލިއާމް ފޮކްސް ވަނީ 2005 ވަނަ އަހަރު ވެސް ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވާފައި. --ފޮޓޯ:ބީބީސީ

ލިއާމް ފޮކްސް ވަނީ 2005 ވަނަ އަހަރު ވެސް ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވާފައި. --ފޮޓޯ:ބީބީސީ

ހޯމް ސެކްރެޓަރީގެ މަގާމު 2010 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން ގެންދަވާ މެއި ވިދާޅުވީ "އިނގިރޭސިން އެއްބައި ކުރުމުގެ" ގާބިލްކަން އެކަމަނާ އަށް ލިބިގެންވާ ކަމަށެވެ.

"މިދިޔަ ހަފުތާގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު ޕާޓީ އަށް މިހާރު ވަނީ އާ ވަރުގަދަ ލީޑަޝިޕެއް ބޭނުންވެފައި،" މެއި ވިދާޅުވި އެވެ.

މެއި މިހާރު ވަނީ ޕާޓީގެ ސީނިއާ ބައެއް ބޭފުޅުންގެ ތާއީދު ވެސް ހޯއްދަވައިފަ އެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމަށް ކެމްޕޭން ކުރެއްވި ޖޯންސަން ވަނީ ވިދާޅުވެފައި ވަނީ އޭނާގެ އުއްމީދުތައް ފުރިހަމަވުމާ ގުޅިފައި ވަނީ އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުން ކަމަށެވެ. ކޮންޒަވެޓިވް ޕާޓީން ޖޯންސަން އަށް ތާއިދުކުރާ ފަރާތްތަކުން ބުނަނީ އީޔޫ އިން ވަކިވުމުގެ ވޯޓުގެ ކާމިޔާބީއާ އެކު ޖޯންސަންގެ ގާބިލްކަން ހާމަވެއްޖެ ކަމަށެވެ. އެންވަޔަރްމަންޓް ސެކްރެޓަރީ އާއި ޖަސްޓިސް ސެކްރެޓަރީ ވަނީ ޖޯންސަން އަށް ތާއީދުކުރާކަން ހާމަ ކުރައްވައިފަ އެވެ.