18 ސެޕްޓެމްބަރ 2017
ހއ. ދިއްދޫގައި ސަރުކާރުން އަޅައިދީފައިވާ 140 ރޯހައުސް ބެހުމުގައި އިންސާފެއް ނެތް ކަމަށް ބުނެ، އެ ރަށު ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.
ހއ. ދިއްދޫގައި ސަރުކާރުން އަޅައިދީފައިވާ 140 ރޯހައުސް ބެހުމުގައި އިންސާފެއް ނެތް ކަމަށް ބުނެ، އެ ރަށު ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.
ދިއްދޫގައި އެޅި ގެތަކުގެ ތެރެއިން 125 ގެ ހާއްސަ ކޮށްފައިވަނީ އެ ރަށު މީހުންނަށެވެ. އަދި ބީ ކެޓަގަރީގެ ދަށުން، 15 ގެ، އެ ރަށުގައި ދިރިއުޅޭ ރަށުން ބޭރު މީހުންނަށް ހާއްސަކޮށްފައި ވެ އެވެ.
ގެތައް ލިބުނު މީހުންގެ ލިސްޓު، މިދިޔަ ހަފުތާގައި ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާއިރު އޭގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ކައުންސިލުން ފާހަގަކޮށްފައި ވެ އެވެ. އެގޮތުން ގެ ލިބުނު މީހާގެ އެއްވެސް މައުލޫމާތެއް ނުހިމަނައި، ހަމައެކަނި ފޯމު ނަމްބަރު އާއްމު ކުރުމާއި ފޯމު ނަމްބަރު ތަކުރާރުވުމާއި ބީ ކެޓަގަރީން ދޫކޮށްފައިވާ ގެތަކުގެ އަދަދު މަދުވުން ހިމެނެ އެވެ.
އަދި ގެ ދޫކޮށްފައި ވަނީ ވެސް ލިބިފައިވާ ޕޮއިންޓްތަކުގެ ތަރުތީބުން އެންމެ މަތިން ނޫން ކަމާއި އެއް ވަރަކަށް ޕޮއިންޓް ލިބުނު ނަމަވެސް، ބައެއް މީހުންނަށް ގެ ލިބި އަނެއް ބައި މީހުންނަށް ނުލިބޭކަން ކައުންސިލުން ފާހަގަ ކޮށްފައި ވެ އެވެ.
ދިއްދޫ ކައުންސިލުން ބުނީ އެ ރަށުގައި އަޅާ ގެތަކަށް ކުރިމަތިލި މީހުންގެ ފޯމުތައް އިވެލުއޭޓްކޮށް، ޕޮއިންޓްދީ އެންމެ ފުރަތަމަ އެ ލިސްޓު އާއްމު ކުރީ އެތަނުން ކަމަށެވެ. އެކަމަކު މިދިޔަ ޖޫން މަހު އެ ލިސްޓު އާއްމު ކުރިތާ ހަފުތާއެއް ފަހުން، ލިސްޓު ބާތިލްކޮށް، ޕޮއިންޓް ދީފައިވާ ގޮތުގެ އުސޫލު ފޮނުވުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެކަން ކުރީ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ވެސް ބުނެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ދިއްދޫ ކައުންސިލުން ބުނިގޮތުގައި ގެ ލިބުނު މީހުންގެ ލިސްޓު މިދިޔަ ހަފުތާގައި ހައުސިން މިނިސްޓްރީން އާއްމު ކުރި އިރު، އެތަން ދިނުމުގައި ކައުންސިލުން ކުރި އިވެލުއޭޝަން ނޫން އެހެން މަސައްކަތެއް މިނިސްޓްރީން ކޮށްފައެއް ނުވެ އެވެ. އަދި ކައުންސިލުން އާއްމުކުރި ލިސްޓާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކަށް، މިނިސްޓްރީން ރިއާޔަތްކޮށްފައި ނުވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
- ގެ ލިބޭ ފަރާތްތަކުގެ ތެރޭގައި ގިނަ ދެމަފިރިން ހިމެނުމާއި އެއީ އިއުލާނާ ވެސް ހިލާފުކަމެއްކަން
- ކައިވެނި ނުކުރާ މީހުންނަށް ގެ ލިބުން. އެކަމަކު ހަތަރު ދަރިން ތިބެ، ނިކަމެތި އާއިލާތަކަށް ޕޮއިންޓް ގިނައިން ލިބުނު ނަމަވެސް ތަަން ނުލިބުން. އަދި އެއަށް ވުރެ ދަށުން ޕޮއިންޓް ލިބުނު މީހުންނަށް ގެ ދީފައިވުން.
- ޝަކުވާ ކުރަން ހުޅުވާލި ނަމަވެސް، ޝަކުވާ ކުރާނެ އަސާސެއް ނޭނގުން. އެ ގޮތުން އެ އިއުލާނުގައިވާ ލިސްޓުން އޭނާ އަށް ޕޮއިންޓް ލިބުނު ކެޓަގަރީ އާއި ނުލިބޭ ކެޓަގަރީ އެނގެން ނެތުމުން ޝަކުވާ ކުރާނެ ގޮތެއް ނޭނގުން.
- ޝަކުވާ ހުށަހަޅަން ދިން ދިހަ ދުވަހުގެ މުއްދަތުގެ ތެރޭގައި ފަސް ދުވަސް ބަންދުވުމުން، އެކަން ކުރުމުގެ މުއްދަތު ކުޑަވުން
- ގެ ލިބުނު ގިނަ މީހުންނަކީ ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މީހުން ކަމުން، މިކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވުން
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ހައުސިން މިނިސްޓްރީ އަށް ގުޅައިގެން ޖަވާބެއް ނުލިބުނު ނަމަވެސް، މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގެތައް ބެހުމުގައި ދިއްދޫ ކައުންސިލްގެ އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.
ދިއްދޫ ހައުސިން ޔުނިޓްތަކުގެ މައްސަލަ ވެސް އޭސީސީއަށް
އުސޫލާ ހިލާފަށް ދިއްދޫން ފްލެޓް ދިނުމުން ދައުވާކުރަނީ
"މިނިސްޓްރީގެ މުވައްޒަފުންނަށް ދަނީ ބިރު ދައްކަމުން"
ފްލެޓް ދިން ގޮތް ބަލަން އޭސީސީން ހައުސިން އަށް
މައްސަލަ ނެތް ފްލެޓްތަކުގެ ލިސްޓެއް މިނިސްޓްރީއަށް
ނުހައްގުން ފްލެޓް! މިފަހަރު އިންސާފުވެރިވާނީ ކިހިނެއް؟
ފްލެޓުތަކުގެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
ނާއިފާއި ހަސަން ވަހީދަށް ދައުވާކޮށްދިނުމަށް އެދިއްޖެ
ދިއްދޫ ގެތައް އޭސީސީ، އޭޖީގެ ލަފާގެ މަތިން ދޫަކުރަނީ