ރާއްޖޭގެ ކުޅިވަރު ދާއިރާ އަށް ޚަރަދު ކުރުމަށް ޗައިނާ ސަރުކާރުން 22،700 ޑޮލަރު (350،034ރ.) މިއަދު ހަދިޔާކޮށްފި އެވެ.
19 ސެޕްޓެމްބަރ 2017
ރާއްޖޭގެ ކުޅިވަރު ދާއިރާ އަށް ޚަރަދު ކުރުމަށް ޗައިނާ ސަރުކާރުން 22،700 ޑޮލަރު (350،034ރ.) މިއަދު ހަދިޔާކޮށްފި އެވެ.
ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗައިނާގެ ފަރާތުން ފައިސާގެ ޗެކް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއާ ހަވާލުކޮށް ދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޒަންގް ލިޒޯންގް އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ އެ އެހީ ބޭނުން ކުރާނީ ރަށްރަށުގެ އެކިއެކި ކުޅިވަރު މަރުކަޒު ތަކަށާއި އެސޯސިއޭޝަންތަކަށް ބޭނުންވާ ކުޅިވަރު ސާމާނު ހޯދައި ދިނުމަށް ކަމަށެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި މިނިސްޓަރު އިރުތިޝާމް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"މިއީ ރައީސް ޔާމީން ޒުވާނުންނަށްޓަކައި ވެފައިވާ ކުޅިވަރުގެ ވައުދު ފުއްދަން ލިބުނު އެހީއެއް. މި އެހީން، ކުޅިވަރު ކުޅެން ބޭނުންވާ ތަކެތި ހަމަޖައްސައި ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާގެ އެހީގެ އިތުރުން ދިވެހި ޒުވާނުންތަކެއް އެ ގައުމުގައި ކުޅިވަރުގެ ތަމްރީނުތަކެއް ހެދުމުގެ ފުރުސަތު ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޗައިނާގެ ސަފީރު ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުން އަންނަނީ ބަދަހިވަމުން ކަމަށާއި ކުޅިވަރު ނޫން ދާއިރާތަކުން ވެސް ރާއްޖެ އަށް އެ ގައުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އިހުތިޝާމް ވިދާޅުވިގޮތުގައި، ޗައިނާގެ އިތުރުން އެހެން ގައުމުތަކުން ވެސް ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުޅިއަރުވަން އެހިތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން ގެންދެ އެވެ.
ރާއްޖެގެ ވޮލީ ކޯޗުން ތަމްރީނުކުރަން ޗައިނާއަށް ފޮނުވަނީ
ސިޔާސީ ގުޅުން ފާހަގަކުރަން ޗައިނާގެ ޓީމެއް ރާއްޖެ އަށް
އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް
ސްޕޯޓްސް މެޑިސިން މީހުން ތަމްރީންކުރަން ޗައިނާގެ އެހީ
ޗައިނާގެ އެފްޓީއޭ އާއި ޑިއުޓީ ދަށްވުމާ ގުޅުމެއް ނެތް
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
ފިޔޯރީގައި މަސްކާރުހާނާއެއް ހަދަން ސޮއިކުރަނީ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް