20 ސެޕްޓެމްބަރ 2017
ހުސްނުވާ އާސަންދަ އިން ރައްޔިތުންގެ ބޭސްފަރުވާ އަށް މި އަހަރުގެ މިހާތަނަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.
ހުސްނުވާ އާސަންދަ އިން ރައްޔިތުންގެ ބޭސްފަރުވާ އަށް މި އަހަރުގެ މިހާތަނަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބޭއްވި ޕްރެސް ކޮންފަރެންސްގައި މެނޭޖިން ޑިރެކްޓަރު ހަސަން އަލީ ވިދާޅުވީ އާސަންދަ އަށް ކަނޑައެޅި ބަޖެޓުން އެންމެ ގިނަ ހޭދައެއްކޮށްފައި ވަނީ ރާއްޖޭގެ ފާމަސީތަކާއި ބޭރުގެ ހޮސްޕިޓްލަތަކަށް ކަމަށެވެ. ފާމަސީތަކަށް ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ރާއްޖެ އިން ބޭރަށް 60 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް މި އަހަރު ދޭން ބަޖެޓުގައި ދޭން ކަނޑައެޅީ 731 މިލިއަން ރުފިޔާ އެވެ.
ހަސަން ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް 3،776 މީހަކު ވަނީ އާސަންދަ އެހީގައި އިތުރު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިފަ އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މީގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކު ބޭރަށް ފޮނުވީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އެގޮތުން 1،000 އަށް ވުރެ ގިނަ މީހުން ކެންސަރުގެ ފަރުވާ އަށް ފޮނުވާފައިވާއިރު މީގެތެރޭގައި އެއް ފަހަރަށް ވުރެ ގިނައިން ފޮނުވުނު މީހުން ހިމެނޭ ކަމަށް އާސަންދަ އިން ބުންޏެވެ.
ރާއްޖެ އިން ބޭރުން ފަރުވާ އަށް ދެން އެންމެ ގިނަ މީހުން ފޮނުވާފައި ވަނީ ލޮލުގެ ބަލިތަކާ ގުޅިގެންނެވެ. އޭގެއިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ނާރުގެ ބަލިތަކާއި ހަޖަމްކުރުމާއި ކިޑްނީގެ ބަލިތަކަށް ވެސް ބޭރުން ފަރުވާ ހޯދަން އާސަން އިން ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ މީހުން ބޭހަށް ފޮނުވާފައި ވަނީ އިންޑިއާ އާއި ސްރީ ލަންކާ އަށެވެ.
ހަސަން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގެ ތަރައްގީއާ އެކު ބޮޑެތި ބަލިތަކަށް ރާއްޖެ އިން ބޭރަށް ދިއުން ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށެވެ. އަންނަ މަހުގެ ތެރޭގައި ކެންސަރުގެ ގިނަ ފަރުވާތަކެއް އެ ހޮސްޕިޓަލުގައި ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރުގެ ބައްޔަށް ހާއްސަ ފަރުވާ އަޅުގަނޑުމެން ފަށަނީ، ނިސްބަތުން އެންމެ ގިނަ އަދަދެއްގެ މީހުން ބޭރުން ފަރުވާ ހޯދަން ޖެހެނީ އެ ބަލީގައި ކަމަށްވާތީ. އެ ފަރުވާ ހުޅުމާލެ ހޮސްޕިޓަލުގައި ދޭން ފެށުމުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ހަސަން ވިދާޅުވި އެވެ.
ބޮޑެތި ބަލިތަކަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދޭން ފެށުމާއެކު ބޭހަށް ރާއްޖެ އިން ބޭރަށް ފޮނުވަންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށްވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އާސަންދައިން ބަޔަކު ނާޖާއިޒު ފައިދާ އެބަހޯދާ
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް
ފަރުވާއަށް ބޭރަށް ނުދެވޭ މައްސަލަ މަޖިލީހަށް
ހިލޭ ބޭސްފަރުވާ ލިބޭނީ ކޮންމެވެސް އެއް ސްކީމަކުން
3 ގައުމެއްގައި އުޅޭ ދިވެހިންނަށް ބޭސްކުރެވޭނެ ނިޒާމެއް
ނުފޫޒު ނައްތާލައި އާސަންދަ އަށް "ފަރުވާއެއް" ހޯދަނީ
"ސިއްހީ ވައުދުތަކުގެ 90 ޕަސެންޓް ތަންފީޒު ވެއްޖެ"
ރެކޯޑު އަދަދަކަށް މި އަހަރު އާސަންދަ އަށް ހަރަދުކޮށްފި
އާސަންދަ ރިފޯމްވީމަ އަމިއްލައަށް ކުރާ ހޭދަ ކުޑަވާނެ
އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރަނީ