20 ސެޕްޓެމްބަރ 2017
ފެނަކަ ކޯޕަރޭޝަނާ ބެހޭ ގޮތުން އާންމުންގެ މެދުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް، އެ ތުހުމަތުތަކާ ބެހޭ ތަފްސީލުތައް އޮޑިޓް ރިޕޯޓުން މިއަދު ހާމަކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނާ ބެހޭ ގޮތުން އާންމުންގެ މެދުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް، އެ ތުހުމަތުތަކާ ބެހޭ ތަފްސީލުތައް އޮޑިޓް ރިޕޯޓުން މިއަދު ހާމަކޮށްފި އެވެ.
ފެނަކައަކީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން ދަނިކޮށް، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި މިއަދު ނެރުއްވި ރިޕޯޓުގައިި، ފެނަކަ އިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަ ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޑޮލަރު ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ތެޔޮ ގަތުމުގައި ހިންގި ކޮރަޕްޝަންގެ އިތުރުން މަޝްރޫއުތައް ހަވާލުކުރުމުގައި އެ ކުންފުނިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ މައްސަލައިގެ ކަންބޮޑުވުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނީ ފެނަކަ ކޯޕަރޭޝަނަށް ހޯދާ މުދަލާއި ޚިދުމަތުގެ އަގު ބެލުމާއި ކުންފުނިން ހިންގާ ބޮޑެތި މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލު ކުރުމުގައި ހާމަކަން ބޮޑު ވާދަވެރި ބީލަމުގެ އުސޫލެއް ނުގެންގުޅޭ ކަމަށެވެ. މިހާތަނަށް ބޮޑެތި ބައެއް މަޝްރޫއުތައް ވެސް ހިންގާފައި ވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ރިޕޯޓުގައިވެ އެވެ.
ޖަނަރޭޓަރު ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަކާއި ހުއްދަ ނެތް ފަރާތްތަކަކުން ޑޮލަރު ގަނެ އެ މީހުންނަށް ކޮމިޝަނުގެ ގޮތުގައި 5 މިލިއަން ރުފިޔާ ދޫކޮށްފައިވުމާއި ޕޭމަންޓް ވައުޗާ ނެތި 12.6 މިލިއަން ރުފިޔާގެ 23 ޓްރާންސެކްޝަން ހަދާފައިވުމާއި އިންވޮއިސް ނެތި 34 މިލިއަން ރުފިޔާގެ 14 ޓްރާންސެކްޝަން ހަދާފައިވުން ވެސް އޮޑިޓަ ޖެނެރަލް ފާހަގަކުރައްވާފައިވެ އެވެ.
ބައެއް މަސައްކަތްތައް ހަވާލުކުރުމުގެ ކުރިން ކޮންްޓްރެކްޓުގެ އުސޫލްތަކާ ޚިލާފަށް އެޑްވާންސް ފައިސާ ދޫކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އޭގެ އިތުރުން އަމިއްލަ ފަރާތަކުން ޑީސަލް ގަތުމަށް 21 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވެ އެވެ.
- އިމަޖެންސީ އުސޫލުން އެކި ފަހަރު، 2014 ވަނަ އަހަރު ގަނެފައިވާ ޖަނަރޭޓަރުގެ ތެރެއިން 38 ޖަނަރޭޓަރު އެންމެ ކުންފުންޏަކުން ކޯޓޭޝަން ހޯދައިގެން ގަނެފައިވުން. މިއީ ވަކި ކުންފުންޏަކަށް ފައިސާދޭން ކޮށްފައިވާ ކަމެއް ކަމަށް ރިޕޯޓުގައި ތުހުމަތުކުރޭ.
- އެފްއެސްއެމުން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކުމަށް ހުށަހަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކަކުން ޑީސަލް ގަތުމުގެ ސަބަބުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޑީސަލް ގަތުމަށް އިތުރަށް 21.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވުން.
- އެއް ފަރާތެއްގެ ވިޔަފާރިތަކެއްގެ ގޮތުގައި ބެލެވޭ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައިގެން 2015 ވަނަ އަހަރު ޖުމްލަ 4.3 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވުން. މި ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެކި ވިޔަފާރިތަކަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ޗެކުތަކާއި އެ ވިޔަފާރިތަކުގެ ފަރާތުން އެކަކު ހަވާލުވުން.
- ތ. އަތޮޅުގެ އެކި ރަށްތަކުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކުގެ ބޭނުމަށް އެންމެ ކުންފުންޏަކުން އަގު ހޯދައިގެން ޑީސަލް ގަނެފައިވުން. އެ ކުންފުނިން އެކަނި ވެސް 26 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވާއިރު އެ ކުންފުނިން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކާފައިވާ އަގު އެފްއެސްއެމުން ފެނަކަ އަށް ކޯޕަރޭޝަނަށް ޑީސަލް ވިއްކަން ހުށަހަޅާފައިވާ އަގަށް ވުރެން، އެވްރެޖް ގޮތެއްގައި ލީޓަރަކުން 1.29 ރުފިޔާ ބޮޑު.
- ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ ބައެއް މަޝްރޫއުތައް އެކި ބައިބަޔަށް ބަހާލައިގެން އެކި ފަހަރުމަތިން ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏަކާ ހަވާލު ކޮށްފައިވާ އިރު އަންދާސީ ހިސާބު ހޯދަން ކޮންމެ ފަހަރަކު ވެސް އާރުއެފްޕީ ފޮނުވާފައި ވަނީ އެއް ކުންފުނިތަކަކަށް. ޓެކްނިކަލް އިވެލުއޭޝަނުން ބައެއް ކުންފުނިތައް ފޭލްވެފައިވީ ނަމަވެސް އެ ކުންފުނިތަކަށް ވެސް އާރުއެފްޕީ ފޮނުވާފައިވޭ. މި މަޝްރޫއު ބޭރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް.
- މުދަލާއި ޚިދުމަތް ހޯދަން އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން މުދަލާއި ޚިދުމަތް ފޯރުކޮށްދޭންޖެހޭ މުއްދަތަށް މުދަލާއި ޚިދުމަތް ފޯރުކޮށްނުދެވުމުގެ ސަބަބުން ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި ޖޫރިމަނާގެ ގޮތުގައި ކަނޑައަޅަން ޖެހޭ ދެ މިލިއަން ރުފިޔާ އުނި ނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވުން.
- ސ. ހިތަދޫގައި ގާއިމްކުރި ފެނަކައިގެ ޝޯ ރޫމަށް ތަކެތި ހޯދަމަށް އިއުލާންކޮށް، ބިޑު ހުށަހެޅި މީހުންގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ލިބުނު މީހުންނާ މަސައްކަތް ހަވާލުކުރުން.
- ކްރެޑިޓް ޕީރިއަޑެއް ނެތި ކޮންޓްރެކްޓަރަށް ފައިސާ ދީފައިވުމުން 2.3 މިލިއަން ރުފިޔާ ބޮޑުކޮށް މަސައްކަތް ހަވާލުކުރުމަށް ނިންމި ނިންމުމުގެ ހަގީގީ މަންފާ ކުންފުންޏަށް ލިބިފައި ނުވުން.
- އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު ޑޮލަރު ވިއްކާ ފަރާތްތަކަށް ކޮމިޝަންގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދޫކޮށްފައިވުން. ޑޮލަރު ގަތުމުގެ ހުއްދަ ދީފައި ނުވާ ފަރާތްތަކުން ޑޮލަރު ގަތުން
މީގެ އިތުރުން ވެސް ގާނޫނުތަކާ ގަވާއިދުތަކާ ޚިލާފަށް އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ފެނަކައިގެ 2014 އަދި 2015ގެ އޮޑިޓް ރިޕޯޓް ނެރުނުއިރު، އެ ދުވަސްވަރު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ނިމާލް ވަނީ އޮކްޓޯބަރު 24، 2016 ގައި ފެނަކަ އިން ވަކިކޮށްފަ އެވެ.
އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ: އެންޑީއެމްއޭ
ދީބާޖާ އަށް ބަދަލު ނުދޭން އޮޑިޓަ ޖެނެރަލް އަންގައިފި
މެމްބަރުންނަށް ބޮޑު ފައިދާ، ރައްޔިތުންނަށް ބޮޑު ބިލް!
ފެނަކައިން ތެޔޮ ގަތުމުގައި ވެސް ބޮޑެތި ކޮރަޕްޝަންތަކެއް
ފެނަކައިގެ ޑޮލަރު މުއާމަލާތުން ދައުލަތަށް ގެއްލުން!
އެމްއާރްޑީސީގެ ހާއްސަ އޮޑިޓް: ބޮޑެތި ގޯސްތަކެއް
ހާލަތަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ނޫން!
ހުޅުމާލެ ފެސިލިޓީން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!