24 ސެޕްޓެމްބަރ 2017
ކޮކްސް ބާޒާރު (ސެޕްޓެމްބަރު 24) - މިއަންމާގެ ރަކީން ސްޓޭޓުގެ އަނިޔާވެރިކަން ބޮޑުވުމުން ބަންގްލަދޭޝް އަށް އެތެރެވެފައި ތިބި ރޮހިންޖާ ރެފިއުޖީންނަށް 200 މިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް އދ. ގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ކޮކްސް ބާޒާރު (ސެޕްޓެމްބަރު 24) - މިއަންމާގެ ރަކީން ސްޓޭޓުގެ އަނިޔާވެރިކަން ބޮޑުވުމުން ބަންގްލަދޭޝް އަށް އެތެރެވެފައި ތިބި ރޮހިންޖާ ރެފިއުޖީންނަށް 200 މިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް އދ. ގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގައި ހުންނަ އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރު ރޮބަޓް ޑީ. ވަޓްކިންސް ވިދާޅުވީ އެ ގައުމުގައި މިހާރު ތިބި ހަތަރު ލައްކައެއްހާ ރެފިއުޖީންނަށް ހަ މަސް ދުވަހުގެ މުއްދަތަށް އެހީ ބޭނުންވާނެ ކަމަށެވެ. އަދި އެ މުއްދަތުގައި ބޭނުންވާނެ ކަމަށް ލަފާ ކުރެވޭ 200 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް އދ. އިން ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރެފިއުޖީންނަށް އެހީވުމުގެ ޕްލޭން ކުރިއަށް ގެންދަން ޖެހޭނީ ވަކި މުއްދަތަކަށް ކަމަށާއި ބާރު އަޅަން ޖެހޭނީ ރެފިއުޖީން އަނބުރާ މިއަންމާ އަށް ދިއުމަށް ކަމަށެވެ.
ރޮހިންޖާ ރެފިއުޖީން އެހީގެ ތަކެތި ހޯދަން އަތް ދިއްކުރަނީ. --ފޮޓޯ:އޭއެފްޕީ
ބަންގްލަދޭޝްގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޮފިޝަލެއް ކަަމަށްވާ ޑރ. އެން. ޕަރަނިއެތަރަން ވިދާޅުވީ އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ރެފިއުޖީންގެ ތެރޭގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށެވެ.
އދ.ގެ ރެފިއުޖީންނާ ބެހޭ ކޮމިޝަނާ ފިލިޕޯ ގްރާންޑީ ވެސް ވިދާޅުވީ ރެފިއުޖީންނަށް ބޮޑު އެހީއެއް ބޭނުންވާ ކަމަށެވެ.
"ރެފިއުޖީންނަށް ހުރިހާ އެއްޗެއް ވެސް ބޭނުންވޭ. ކާނާ ފެން، ހިޔާވަހިކަން އަދި ސިއްހީ އެހީ ބޭނުންވޭ،" ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގްރާންޑީ ވިދާޅުވި އެވެ.
ޔުނިސެފުން ބުނީ ކުއްލި އެހީގެ ގޮތުގައި ފެނާއި ބޭހާއި ސެނިޓަރީ އައިޓަމްސް އަދި ރަޖާ ފަދަ ތަކެތީގެ 100 ޓަނުގެ ސާމާނު ހިފައިގެން ޔޫރަޕުން ދިޔަ ބޯޓު ބަންގްލަދޭޝް އަށް ޖައްސާފައިވާ ކަމަށެވެ.
ރޮހިންޖާފޭލިގެތައް އަނދައި ގިނަ ބަޔަކު ގެދޮރު ނެތިފައި
ރޮހިންޖާ ރެފިއުޖީން 2022 ގައި ރެކޯޑް އަދަދަކަށް
ރޮހިންޖާ ރެފިއުޖީން ފޮނުވައިލުމަށް ޗައިނާގެ އެހީ ހޯދަނީ
ރޮހިންޖާ ފޭލިގޭގައި ރޯވެ، އެތައް ބަޔަކު ހާލުގަޖެހިފައި
ރޮހިންގާ ބަޔަކު އެފްބީއާ ދެކޮޅަށް ބޮޑު ދައުވާއެއް
ސަލާމަތީ މަޖިލީހުގެ މަންދޫބުން ރޮހިންޖާ ކޭމްޕްތަކަށް
ރޮހިންޖާ ރެފިއުޖީން އުފުލާ ބޯޓުތައް ހަލާކުކޮށްލައިފި
ރޮހިންޖާ ކޭމްޕްތަކުގައި ކޮލެރާ ފެތުރިދާނެ: ޑަބްލިއުއެޗްއޯ
މިޔަންމާ މައްސަލަ އަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް
ރޮހިންޖާ މުސްލިމުންނަށް އިތުރު އެހީ ބޭނުންވޭ: އދ