25 ސެޕްޓެމްބަރ 2017
ކޮކްސް ބާޒާރު (ސެޕްޓެމްބަރު 25) - މިއަންމާގެ ރޮހިންޖާ މުސްލިމުން އުޅޭ ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ކޮލެރާ ފެތުރިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ) އިން ދީފި އެވެ.
ކޮކްސް ބާޒާރު (ސެޕްޓެމްބަރު 25) - މިއަންމާގެ ރޮހިންޖާ މުސްލިމުން އުޅޭ ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ކޮލެރާ ފެތުރިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ) އިން ދީފި އެވެ.
މިއަންމާ އިން އެތެރެވި ރެފިއުޖީންނަށް ބަންގްލަދޭޝްގެ ބޯޑަރު ކައިރީ ވަނީ 68 ކޭމްޕް ހަދައިދީފަ އެވެ. މި ތަނުން ސާފު ބޯފެން ނުލިބޭ އިރު ފާޚާނާ ކުރުމުގެ ނިޒާމު ގާއިމްކޮށްފައެއް ނުވެ އެވެ. ޑަބްލިއުއެޗްއޯ އިން ބުނީ ކޭމްޕްތަކުގައި ސާފުތާހިރުކަން ކުޑަ އިރު ބޭހާއި ކާނާ ވެސް ނެތް ކަމަށެވެ.
ރަކީން ސްޓޭޓުން ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ރެފިއުޖީންގެ އަދަދު 436،000 އަށް އަރާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ރެފިއުޖީ ކޭމްޕްތަކުގައި މޯބައިލް މެޑިކަލް ސެންޓަރުތަކެއް ގާއިމްކޮށްފައިވާ ކަމަށެވެ. ބަންގްލަދޭޝްގެ ސިއްހީ އޮފިޝަލުން ބުނީ ބޭރަށް ހިންގުން ޖެހިގެން ވޭތުވެދިޔަ މަހެއްހާ ދުވަހު ތެރޭ ރޮހިންޖާ 4،500 މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ. އަދި މީޒަލްސް އާއި ޕޯލިއޯ އަށް 80،000 ކުދިންނަށް ވެކްސިން ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ބަންގްލަދޭޝްގެ ހެލްތު ޑިޕާޓްމަންޓުން ބުނީ ރޮހިންޖާ ރެފިއުޖީންގެ ތެރޭން 10 މީހުން މަރުވެފައިވާ ކަމަށެވެ. މި އެންމެންނަކީ ވެސް ރަކީން ސްޓޭޓުން އައި އިރު އެ މީހުން ގަޔަށް ވަޒަން އަރާފައިވާ މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.
ރޮހިންޖާފޭލިގެތައް އަނދައި ގިނަ ބަޔަކު ގެދޮރު ނެތިފައި
ރޮހިންޖާ ރެފިއުޖީން 2022 ގައި ރެކޯޑް އަދަދަކަށް
ރޮހިންޖާ ރެފިއުޖީން ފޮނުވައިލުމަށް ޗައިނާގެ އެހީ ހޯދަނީ
ރޮހިންޖާ ފޭލިގޭގައި ރޯވެ، އެތައް ބަޔަކު ހާލުގަޖެހިފައި
ރޮހިންގާ ބަޔަކު އެފްބީއާ ދެކޮޅަށް ބޮޑު ދައުވާއެއް
ސަލާމަތީ މަޖިލީހުގެ މަންދޫބުން ރޮހިންޖާ ކޭމްޕްތަކަށް
ރޮހިންޖާ ރެފިއުޖީން އުފުލާ ބޯޓުތައް ހަލާކުކޮށްލައިފި
މިއަންމާ ރެފިއުޖީންނަށް 200 މިލިއަން ޑޮލަރު ބޭނުންވޭ
މިޔަންމާ މައްސަލަ އަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް
ރޮހިންޖާ މުސްލިމުންނަށް އިތުރު އެހީ ބޭނުންވޭ: އދ