24 ސެޕްޓެމްބަރ 2017
މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދާ ފަންޑަށް ސަރުކާރު ހިންގާ ކުންފުނިތަކުން ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ.
މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދާ ފަންޑަށް ސަރުކާރު ހިންގާ ކުންފުނިތަކުން ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ.
ސަރުކާރުން އިސްނަގައިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ފަންޑަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން އެކަނިވެސް ވަނީ 1.3 މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ. އަދި މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ( އެމްޑަބްލިއުއެސްސީ) އިން ވަނީ އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ.
MWSC donates MVR 1 Million to help the victims of Rohingya #CSR #HelpRohingya #MaldivesWithRohingyaMuslims pic.twitter.com/nL66DZdQl3
— MWSC (@MWSC_Official) September 24, 2017
މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ފަންޑަށް 100,119 ރުފިޔާ ހަދިޔާކޮށްފައިވާއިރު ސުޓެލްކޯއިން ވަނީ 300،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. މީގެއިތުރުން އަމިއްލަ ކުންފުނިތަކާއި ރައްޔިތުން ވެސް އަންނަނީ އެފަންޑަށް ފައިސާ ހަދިޔާ ކުރަމުންނެވެ.
ރޮހިންޖާ ފަންޑަށް މިހާތަނަށް އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.
ރޮހިންޖާ ފަންޑަށް ފައިސާ ހޯދުމުގެ މި ހަރަކާތް މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެ ދުވަހާ ހަމައަށް، ރާއްޖޭގެ އެކި ރަށްރަށާއި މާލޭގެ އެކި ތަންތަނުގައި ފަންޑު ފޮށިތައް ބަހައްޓާނެ އެވެ. ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން ކުރިއަށް ގެންދިޔަ ޓެލެތޯނުގައި ވެސް ފަސް މިލިޔަން ރުފިޔާ އެއްކޮށްފައިވެ އެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ބައިވެރިވުމާއެކު ހޯދި އެ ފައިސާ، ރޮހިންޖާގެ މުސްލިމުންނަށް ރައްދު ކުރުމަށް ދިވެހި ރެޑް ކްރެސެންޓާ ވަނީ ހަވާލުކޮށްފަ އެވެ.
ރޮހިންޖާ އަށް އެހީވާ ޓެލެތޯނުން 11 މިލިއަން ރުފިޔާ
ރޮހިންޖާއަށް އެހީވާން މީޑިއާ ޓެލެތޯނެއް ފަށައިފި
އދ.ގެ ވޯޓުން ރާއްޖެ ރެކުމުން އެނގެނީ ކޮން ކަމެއް؟
ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟
މިއަންމާއާ ދެކޮޅު މައްސަލައަށް ރާއްޖޭން ވަންނަނީ
ވަކި "ޓީމަކަށް" ވަޒީފާ ހަމަޖައްސައެއް ނުދެން: އާޒިމް
"ހުވަފެންތައް ބޮޑު، ހާސިލްވާނީ ހެޔޮ ނިޔަތެއް އޮތީމާ"
މައުސޫމަކީ ނަޒާހަތްތެރިއެއް، އިތުބާރު އެބައޮތް: ނަޝީދު
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަނީ
"އެމްޑަބްލިއުއެސްސީ އަކީ ހަލާކު ވެފައިވާ އިންޖީނެއް"