23 ސެޕްޓެމްބަރ 2017
މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ހުޅުވި ފަންޑަށް ފައިސާ ހޯދުމަށް މީޑިއާތަކުން ހާއްސަ ޓެލެތޯނެއް މިއަދު ފަށައިފި އެވެ.
މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ހުޅުވި ފަންޑަށް ފައިސާ ހޯދުމަށް މީޑިއާތަކުން ހާއްސަ ޓެލެތޯނެއް މިއަދު ފަށައިފި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓެލެތޯނުގައި ގިނަ މީޑިއާތަކަކުން ބައިވެރިވެ އެވެ. މި ޓެލެތޯނުގެ ދަށުން ރޮހިންޖާގެ މުސްލިމުންނާ ގުޅޭ ގިނަ މައުލޫމާތުތަކާއި އެ މީހުންނަށް އެހީވުމަށް އެކި ރަށްރަށުގައި ހިންގާ ހަރަކާތްތައް މާދަމާގެ ރެއާ ހަމައަށް ގެނެސްދޭނެ އެވެ.
ސަރުކާރުން ހިންގާ މި ހަރަކާތުގައި އެންމެ އިސްކޮށް އުޅެނީ އިސްލާމިކް މިނިސްޓްރީން އެވެ.
ޓެލެތޯން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ރޮހިންޖާގެ މައްސަލަ ފެންމަތިވުމާއެކު އެންމެ ފުރަތަމަ އެ މީހުންނަށް އެހީވުމަށް އިސްނެގި މުސްލިމް ގައުމަކީ ރާއްޖެ ކަމަށެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ އޯގާތެރިބައެއް ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އިސްލާމީ އުއްމަތަށް ދިމާވާ މި ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭން އަބަދު ވެސް ތައްޔާރަށް ތިބޭ ކަމަށެވެ.
އެގޮތުން އޭނާ ވަނީ މީގެ ކުރިން ހިންގާފައިވާ މި ފަދަ، ފައިސާ ހޯދުމުގެ ހަރަކާތްތަކަށް އަލި އަޅުއްވާލައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރޮހިންޖާގެ މުސްލިމުންނަށް އެހީވާން މި ޓެލެތޯން ހިންގުމަށް ކުރިން ހަމަޖެއްސީ އެއް ދުވަހުގެ މުއްދަތަށް ކަމަށެވެ. އެކަމަކު މީޑިއާތަކުން ކުރަމުން އަންނަ މަސައްކަތް މިރެއާ ހަމައަށް ނިންމާނުލެވޭނެތީ އާއި ޓެލެތޯންގައި ބައިވެރިވުމަށް، ސަރުކާރުގެ ގިނަ މިނިސްޓްްރީތަކާއި ކުންފުނިތަކުން އެދޭތީ ދެ ދުވަހަށް އިތުރު ކުރެއްވީ ކަމަށް ވިދާޅުވި އެވެ.
ރޮހިންޖާ ފަންޑަށް ފައިސާ ހޯދުމުގެ މި ހަރަކާތް މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެ ދުވަހާ ހަމައަށް، ރާއްޖޭގެ އެކި ރަށްރަށާއި މާލޭގެ އެކި ތަންތަނުގައި ފަންޑު ފޮށިތައް ބަހައްޓާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން ކުރިއަށް ގެންދިޔަ ޓެލެތޯނުގައި ވެސް ފަސް މިލިޔަން ރުފިޔާ އެއްކޮށްފައިވެ އެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ބައިވެރިވުމާއެކު ހޯދި އެ ފައިސާ، ރޮހިންޖާގެ މުސްލިމުންނަށް ރައްދު ކުރުމަށް ދިވެހި ރެޑް ކްރެސެންޓާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ރޮހިންޖާ އަށް އެހީވާ ޓެލެތޯނުން 11 މިލިއަން ރުފިޔާ
ރޮހިންޖާ އަަށް އެހީވާން ހާއްސަ ހަރަކާތްތަކެއް ހިންގަނީ
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
މުސްލިމުން މެރި މިއަންމާ މީހުންނަށް ފިޔަވަޅު އަޅަނީ
މުސްލިމުން މެރިކަމަށް މިއަންމާ ސިފައިން އެއްބަސްވެއްޖެ
މިއަންމާގައި ދީނީ ގޮތުން ތަފާތު ނުކުރާ ކަމަށް ސިފައިން ބުނެފި
ސިފަކޮށްދެވޭ ވަރަށް ވުރެ ރޮހިންޖާގެ ހާލަތު ދަށް:މަޖީދު
ރޮހިންޖާ ފަންޑަށް ކުންފުނިތަކުން ބޮޑެތި އެހީތަކެއް
ރޮހިންޖާގެ އެހީގެ ޝިޕްމަންޓަކަށް ބުޑިސްޓުން ހުރަސް އަޅައިފި
ރަކީންގެ ހާލަތު އަންނަނީ ރަނގަޅުވަމުން: މިއަންމާ