Roadha Mihaaru
ސައުދީ އަންހެނުންނަށް އެދެނީ އިތުރު ކުރިއެރުން: ދުންޔާ

ސައޫދީ އަންހެނުންނަށް އެދެނީ އިތުރު ކުރިއެރުން: ދުންޔާ

27 ސެޕްޓެމްބަރ 2017

ސައުދީ އަރަބިއާގައި އަންހެނުންނަށް ވެހިކަލް ދުއްވޭ ގޮތަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒް ހުއްދަ ދެއްވުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށާއި ސައުދީގެ އަންހެނުންނަށް އިތުރު ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސައުދީ އަރަބިއާގައި އަންހެނުންނަށް ވެހިކަލް ދުއްވޭ ގޮތަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒް ހުއްދަ ދެއްވުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށާއި ސައުދީގެ އަންހެނުންނަށް އިތުރު ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ ވިދާޅުވީސައޫދީގައި އަންހެނުންނަށް ވެހިކަލް ދުއްވޭ ގޮތަށް ނިންމުމަކީ ވަރަށް ތާރީޚީ ނިންމުމެއް ކަމަށެވެ. މިކަން ކުރަން އެ ގައުމުގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރައްވާ ބޭފުޅުން ޒަމާންތަކެއް ވަންދެން މަސައްކަތް ކުރެއްވި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ ސައުދީ އަށް ލިބުނު ބޮޑު ކުރިއެރުމެއް. ސައުދީ އަރަބިއާއަކީ އިސްލާމީ ތާރީޚާ ވަރަށް ބޮޑަށް ގުޅުން އޮތް ގައުމެއް. ރާއްޖެއާ ވެސް ގާތް ރަހްމަތްތެރި ގައުމެއް. އަޅުގަނޑުމެން ވަރަށް ބޮޑަށް އިހްތިރާމް ކުރަން އެ ގައުމަށް،" ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ދުނިޔޭގެ ފެންވަރަށް ބަލާއިރު، ސައުދީގައި އަންހެނުންނާ ދޭތެރޭގައި ކަންތައްތައް ކުރެވެނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށެވެ. އެގޮތުން ސައުދީގައި އަންހެނުން ވަރަށް ބޮޑަށް އެކަހެރިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީ އަންހެނަކު ކާރަކަށް އަރަނީ.

ސައުދީ އަންހެނަކު ކާރަކަށް އަރަނީ.

ދުންޔާ ފާހަގަކުރެއްވި ގޮތުގައި ސައުދީގެ ކައުންސިލް އިންތިހާބުގައި އަންހެން ކެންޑިޑޭޓުންނަށް ކުރިމަތިލެވޭ ގޮތްވީ ވަރަށް ފަހުންނެވެ. އަދި އަންހެނުންނަށް ވޯޓުނުލެވޭ ގޮތަށް އޮތް އޮތުން ސައުދީގައި ދާދި ފަހުން ނިމުމަކަށް ގެނައި ކަން ވެސް ދުންޔާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"ވަރަށް ހައިރާންވާ ކަންތައްތަކެއް އެއީ. ހިތަކަށް ނާރާ މިކަހަލަ ކަންތައް އޮވެދާނެއެކޭ. އެހެންވީމަ މިއީ މުހިންމު އެއް ފިޔަވަޅު، އިތުރު މިނިވަން ކަން ސައުދީ އަންހެނުންނަށް ލިބި މީހުންގެ ހައްގުތައް ރައްކާތެރި ކުރުމުގައި އިތުރު ކާމިޔާބީތަކެއް ލިބުން އުންމީދަކީ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ފާހަގަކުރެއްވި ގޮތުގައި ގޮތުގައި ވެހިކަލް ދުއްވުމުގެ ހުއްދަ ސައުދީ އަންހެނުންނަށް ލިބުމުން ދިރިއުޅުމުގައި ކުރަން ޖެހޭ ކަންކަން ކުރުމުގައި އިތުރަށް ފަސޭހަވެގެން ދާނެ އެވެ.

"ވަޒީފާއަށް ދިއުމުގެ އިތުރުން ބާޒާރު ކުރުމާއި ސިއްހީ ހިދުމަތެއް ހޯދަން ވިޔަސް، ސްކޫލަށް ދަރިން ގެންދަން ވިޔަސް، މިކަންކަން ފަސޭހަވަގެން ދާނެ މި އައި ބަދަލާއެކީގައި،" ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި އަންހެނުން ދަށްކޮށްފައި ބައިތިއްބަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަންކަން ބަދަލުވާން ޖެހޭނެ ކަމަށެވެ. އަދި ދީނަކީ އަންހެނުންގެ ހައްގުތަކަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައި އޮންނަ ދީނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނާއި ރައީސް އަބްދުﷲ ޔާމީން. - ފޮޓޯ: ރައީސް އޮފީސް

ސައުދީ އަރަބިއްޔާގެ ރަސްގެފާނާއި ރައީސް އަބްދުﷲ ޔާމީން. - ފޮޓޯ: ރައީސް އޮފީސް

ސައުދީގައި އަންހެނުންނަށް ވަނީ ބައެއް ހައްގުތައް ހިފަހައްޓައިފަ އެވެ. އެ ގައުމުގައި އޮންނަ ގޮތުން އަންހެނުންނަށް ގިނަ ކަންކަމުގައި ފިރިހެން ބެލެނިވެރިއެއްގެ އެހީ ބޭނުންވެ އެވެ. އޭގެ ތެރޭގައި ޕާސްޕޯޓަށް އެދި ހުށަހެޅުން ގައުމުން ބޭރަށް ދަތުރު ކުރުން އަދި ޖަލުން ނުކުތުން ހިމެނެ އެވެ.

ދުންޔާ ފާހަގަކުރެއްވި ގޮތުގައި ހިފަހައްޓާފައި ހުރި އަންހެނުންގެ ހައްގުތައް ދޫކޮށްލުމަށް ސައުދީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން އަންހެނުންނަށް ވެހިކަލް ދުއްވޭ ގޮތަށް ހުއްދަ ދިނީ އިގްތިސާދީ ގޮތުން ފައިދާވާނެ ކަން ގަބޫލު ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ސައުދީން ނިންމި މުހިންމު ބަދަލެއްކަން ފާހަގަކުރައްވައި އޭނާ ވަނީ ސައުދީ ސަރުކާރަށް ތައުރީފް ކުރައްވައިފަ އެވެ.

"އަޅުގަނޑަށް ޔަގީން ސައުދީ ގިނަ އަންހެނުން ވަރަށް ބޮޑަށް އުފާ ކުރައްވާނެ ކަމަށް މި ބަދަލުގެ ސަބަބުން. އަންނަ އަހަރު ކަމަށްވަނީ މި ބަދަލަށް އަމަލު ކުރާނީ. އޭގެ ކުރިން އިތުރު ބަދަލެއް ނާންނާނެ ކަމަށް އުންމީދު ކުރަން،" ދުންޔާ ވިދާޅުވި އެވެ.