Roadha Mihaaru
މާރާމާރީތަކާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފި

މާރާމާރީތަކާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފި

30 ސެޕްޓެމްބަރ 2017

ރޭ ހުޅުމާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ޖަހައި މަރާލައި މާލޭގައި އިތުރު މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގައި 12 މީހަކު ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރޭ ހުޅުމާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ޖަހައި މަރާލައި މާލޭގައި އިތުރު މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގައި 12 މީހަކު ހައްޔަރުކޮށްފި އެވެ.

މާރާމާރީތަކާ ގުޅިގެން ފުލުހުން ރޭ ވަނީ މާލޭގައި ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ.

ފުލުހުން ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި މާލޭގައި ހިންގި މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހުން ވެސް ހިމެނެ އެވެ.

ފުލުހުން ބުނިގޮތުގައި އެ މީހުން ހައްޔަރުކުރީ މ. އެތުމާގެއިންނެވެ. އެގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަންއިރު އެ މީހުން ތިބީ، މާރާމާރީ ހިންގަން ބޭނުންކުރި ވަޅި ފަދަ ތަކެތި ނައްތާލަން ކަމަށް ފުލުހުން ބުންޏެވެ.

ރޭ ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީގައި މަރުވެފައިވަނީ ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24، އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީ ހުންނަ "ޖީސިކްސް" ކެފޭ ދޮށުގައި ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާއަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

މިއީ މިދިޔަ ހަފްތާގައި މާފަންނު އައިޓަމްސް ފިހާރަ ކައިރީ ވަޅި ހަރައި ޒުވާނަކު މަރާލުމުން އޭގެ ބަދަލު ހިފަން ހިންގި މާރާމާރީތަކެއް ކަމަށްވެ އެވެ.

ހުޅުމާލޭގައި މީހުން އުޅޭ ސަރަހައްދާ އެކަހެރިކޮށް، އަނދިރިކޮށް އޮންނަ ހިސާބެއްގައި ހިންގި މާރާމާރީގައި މަރާލި ހާރިސްގެ ހަށިގަނޑުގެ އަށް ތަނަކަށް ވަޅި ހަރާފައިވެ އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި ވަޅި ހެރީ ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕެއްގަ އެވެ.